ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަސީނާގެ ދަތުރުފުޅާ ގުޅިގެން ސަލާމަތީ ބާރުތަކުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ސަލާމަތީ ބާރުތަކުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ޙަސީނާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން، ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަ ކުރުމަށް ޓަކައި، ސަލާމަތީ ޚިދުމަތްތަކުން ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. އަދި މިފަދަ އޮޕަރޭޝަން ތަކުގައި ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ޝައިހް ހަސީނާ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެކަމަނާ ރާއްޖޭގައި މަޑުކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެ އެވެ. އަދި މާދަމާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެކަމަނާ ތަގުރީރު ކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: