ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހަކަށް ހަމަލާދިން ތިން މީހަކު ހައްޔަރުކޮށްފި

ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގޭ ކައިރީ ފުލުހުންގެ ފޮރެންސިކުން ހަރަކާތްތެރިވަނީ— ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހަކަށް ބިރު ދައްކައި މާރާމާރީ ހިންގި ބަޔަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މާލޭގައި ހަރަކާތްތެރިވާ ގްރޫޕަކަށް ނިސްބަތްވާ ހަތަރު މީހަކު، މި މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި މަޖީދީމަގާއި ދިލްބަހާރުމަގު ގުޅުނު ހިސާބުގައި ދެ ސައިކަލެއްގައި ދުއްވަމުން ދަނިކޮށް އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކު އެ މީހުން ހުއްޓުވަން މަސައްކަތް ކުރި ކަމަށެވެ.

ނަމަވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސް އަޅައި އެ ފުލުސްމީހާއަށް ހަމަލާދީ މާރާމާރީ ހިންގައި ބިރުދައްކައި އިންޒާރުދީފައިވާ މައްސަލައެއްގެ ތުހުމަތުގައި އިއްޔެ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ވީނަސްވިލާ، މުޙައްމަދު ވިޢާމް (27އ) އާއި ސ. ހިތަދޫ، ފާނަފިލާގެ، ޙަސަން ޢަލީމް (22އ) އަދި ކ. މާލެ، ދަފްތަރު ނަންބަރު ދރ2841، ޝާން ޢަބްދުﷲ (20އ) އެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، ހަތް ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި އެންމެންނަކީވެސް ކުށުގެ ރެކޯޑް އޮންނަ މީހުންނެވެ.

ފުލުހުން ވަނީ މާލޭގެ މަގުތަކުގެ އަމާންކަން ގެއްލުވާލައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ގްރޫޕް ހަދައިގެން މިފަދަ އަމަލުތައް ހިންގާ މީހުންނާމެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅައި، މިފަދަ ކުށްތައް ހުއްޓުވުމަށް ގާނޫނީ ގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށް ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: