ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕިކްނިކް އައިލެންޑް ހަވާލުކުރުމަށް ރައީސް މިއަދު މާފުއްޓަށް!

ޕިކްނިކް އައިލެންޑް ހަވާލުކުރުމަށް ރައީސް މިއަދު މާފުއްޓަށް ވަޑައިގަންނަވަނީ . ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕިކްނިކް އައިލެންޑް ހަވަލުކުރުމަށްޓަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކ. މާފުއްޓަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ރައީސްގެ މި ދަތުރުފުޅަކީ އެއް ދުވަހުގެ ދަތުރެއް ކަމަށެވެ. މި ދަތުރުފުޅަކީ މާފުށީ ކައިރީގައި ހިއްކާފައިވާ ޕިކްނިކް އައިލެންޑު އެ ރަށު ކައުންސިލާގައި ރަސްމީކޮށް ހަވާލު ކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް މަބްރޫކު ވިދާޅުވި އެވެ.

މީގެއިތުރުން، މާފުށި ކައިރީގައި ހިއްކާފައިވާ ޕިކްނިކް އައިލެންޑްގެ މަޝްރޫއަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެންޓީސީސީ) އާއި ހަވާލުކޮށްފައިވާ މަޝަރޫޢުއެކެވެ. އަދި އެމްޓީސީސީއިން ބުނެފައި ވަނީ މި މިހުގެ 19 ވަނަ ދުވަހު އެތަނުގެ ބިން ހިއަކާ ނިންމަފައިވާ ކަމަށެވެ.

އެމްޓީސީސީއިން ބުނެފައި ވަނީ ޕިކްނިކް އައިލެންޑަކީ 2 ހެކްޓަރުގެ ބިމެއް ކަމަށާއި، މިހާރު ކުރިއަށް ދަނީ ޕިކްނިކް އައިލެންޑްގެ ގޮނޑުފޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަޝްރޫއަކީ 10.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށްވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: