ކ. ތިލަފުށީގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަނިކޮށް ބިދޭސީ އަކު ވެއްޓި މަރުވެއްޖެއެވެ.
ފުލުހުން ބުނީ، އިމާރާތް ކުރަމުން ދިޔަ ތަނެއްގެ މަތިން ބަންގްލަދޭޝް ފިރިހެނަކު ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު ހެނދުނު 9:30 ހާއިރު ލިބުނު ކަމަށެވެ.
އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މިކަމާ ގުޅިގެން ފުލުހުން އަންނަނީ ބަލަން ޖެހޭ ކަންތައްތައް ބަލަމުންނެވެ.

