ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިޕާޗަރ ޓެކްސް ނަގަން ފަށައިފި

އިންޓަނޭޝަނަލް ބައެއް އެއާލައިންތައް ވީއައިއޭގައި ޕާކުކޮށްފައި/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަމުން އައި އެއާޕޯޓް ޓެކްސްގެ ބަދަލުގައި، ޑިޕާޗާ ޓެކްސް ނަގަން ފަށައިފިއެވެ.

މިދިޔަ މަހުގެ ޖުލައިމަހު ޑިޕާޗަރ ޓެކްސް ނެގުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވާފައިވާ އިރު، އެއާޕޯޓް ސާވިސް ޓެކްސް އެއްގެ ގޮތުގައި މިހާތަނަށް ހުރިހާ ޕަސިންޖަރުންގެ އަތުން ޓެކްސް އެއް ނަގަމުންއައެވެ. އެގޮތުން އޭރު ގާނޫނު އޮތް ގޮތުން ނަމަ ފުރާ ކޮންމެ ދިވެއްސެއްގެ އަތުން ސާވިސް ޗާޖުގެ ގޮތުގައި 12 ޑޮލަރު އަދި ބިދޭސީ ފަސިންޖަރުންގެ އަތުން 25 ޑޮލަރު ނަގައެވެ. ނަމަވެސް އަލަށް ކަނޑައެޅި ގަވާއިދާއި އެކު ޑިޕާޗަރ ޓޭކްސް ނަގާނީ އެމީހަކު ދަތުރުކުރާ ކްލާހަށް ބެލުމަށް ފަހުގައެވެ.

ޑިޕާޗަރ ޓެކްސް ބެހިގެން ވަނީ ހަތަރު ބަޔަކަށެވެ. އެއީ އިކޮނޮމީ ކްލާހާއި، ބިޒްނަސް ކްލާސް، ފަސްޓް ކްލާސް އަދި ޕްރައިވެޓު ޖެޓުތަކެވެ. އިކޮނޮމީ ފްލައިޓު ތަކުން ދަތުރުކުރާ ދިވެހިން 12 ޑޮލަރުގެ ޓެކްސް އެއް ދައްކަން ޖެހޭ އިރު، ރާއްޖެ އަންނަ ފަތުރުވެރިން 30 ޑޮލަރުގެ ޓެކްސް އެއް ދައްކަން ޖެހޭނެ އެވެ. ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންވެސް އަދި ބިދޭސީންވެސް ޑިޕާޗަރ ޓެކްސް ގެ ގޮތުގައި 60 ޑޮލަރު ދައްކަން ޖެހެއެވެ. އަދި ފަސްޓް ކްލާސްގައި ދަތުރުކުރާ ނަމަ ޓެކްސްގެ ގޮތުގައި 90 ޑޮލަރު ދައްކަން ޖެހެއެވެ.

މީގެ އިތުރުން ޕްރައިވެޓު ޖެޓު ތަކުގައި ދަތުރު ކުރާ ދިވެހިނާއި ބޭރުގެ ފަސިންޖަރުން ވެސް ޓެކްސް ގެ ގޮތުގައި 120 ޑޮލަރު ދައްކަންޖެހޭނެ އެވެ. ޓެކްސް ނެގުމުގައި ތަފާތުވަނީ އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ޓެކްސްއިން އެކަންޏެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: