ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިއްކި ބިމާއި މާފުށި ގުޅާލުމަށް ބްރިޖު އެޅުން އެމްޓީސީސީއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ކ. މާފުށްޓާއި އެރަށުގެ ފަޅުތެރެއިން ހިއްކި ބިން ގުޅާލުމަށް ބްރިޖު އެޅުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މާފުށްޓަށް އިތުރު ބިމާ އެކު ހިއްކި ޕިކްނިކް އައިލެންޑްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިމަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން މަޝްރޫއުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން މާފުށީގައި އަލަށް ހިއްކި ބިމާއި މާފުއްޓާއި ދެމެދު ދިގުމިނުގައި 137 މީޓަރު — 450 ފޫޓުގެ ބްރިޖެއް އެޅުމަށް ހަމަޖެހިފައިވެ އެވެ. ބައިސްކަލް ލޭނަކާއި ހިނގާފައި އުޅޭ މީހުންނަށް ވެސް ހާއްސަ ލޭނަކާ ހެދު ހަދާ ބްރިޖުގެ ފުޅާމިނުގައި 65 ފޫޓު ހުންނާނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

އެމްޓީސީސީ އަށް މަޝްރޫއު ހަވާލުކުރީ 35 މިލިއަން ރުފިޔާ އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: