ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

16 ރަށެއްގެ ނަރުދަމާ އާއި 23 ރަށުގެ ފެނުގެ ނިޒާމަށް 9.2 މިލިއަން ރުފިޔާ!

މިއަދު ބޭއްވި ހަފްލާގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

16 ރަށެއްގެ ނަރުދަމާ ނިޒާމު ގާއިމްކުރުމާއި، 23 ރަށުގެ ފެނުގެ ނިޒާމް ގާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު މި ސޮއިކުރެވުމު އެއްބަސްވުމާއި އެކު ރާއްޖޭގެ ހުރިހަ ރަށަކަށް ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ލިބިގެނަދާނެއެވެ. އަދި 16 ރަށެއްގެ ނަރުދަމާ ނިޒާމު ގާއިމްކުރުމާއި، 23 ރަށުގެ ފެނުގެ ނިޒާމް ގާއިމްކުރުމަށް ހަވާލުކުރެވުނު ކޮށްޓަރެކްޓްތަކުގެ ޖުމްލަ އަގަކީ 9.2 މިލިއަން ރުފިޔާއެވެ.

ތަރައްގީގެ އެކި އެކި މަޝްރޫޢުތަށް ހިންގުމަށް ދިމާވި ގުންގެހުންތަކާއި އެކުގައިވެސް މަޝްރޫޢުތަށް ހުއްޓާނުލާ ކުރިއަށް ގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން މިހާތަނަށް 9 ރަށެއްގައި ނަރުދަމާގެ ނިޒާމު އޮޕަރޭޝަނަށް ގެނެވިފައި 8 ރަށެއްގައި ފެނުގެ ނިޒާމް އޮޕަރޭޝަނަށް ގެނެވިފައިވެއެވެ. މިއަދު މި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ދަށުން ދިވެހި ރާއްޖޭގެ މީހުން ދިރިއުޅޭ ރަތްތަކުގެ ތެރެއިން މިހާތަނަށް ބަޔަކާއި މަސައްކަތް ހަވާލުކުރެވިފައި ނުވާ 16 ރަށެއްގެ ނަރުދަމާ ނިޒާމު ގާއިމްކުރުމާއި، 23 ރަށުގެ ފެނުގެ ނިޒާމް ގާއިމްކުރުމަށް ހަވާލުކުރެވުނު ކޮށްޓަރެކްޓްތަކުގެ ޖުމްލަ އަގަކީ 9.2 މިލިއަން ރުފިޔާއެވެ.

މިއާއިއެކު، 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފެނާއި ނަރުދަމާ ގާއިމްކުރުމަށްވެވުނު އެއްބަސްވުންތަކުގެ ޖުމްލަ އަގު މި ވަނީ 5.8 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެހެންކަމުން، މިސަރުކާރުގެ މި ތިން އަހަރު ތެރޭގައި މިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަތްތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްނުކޮށް އޮތް 141 ރަށެއްގައި އެނިޒާމް ގާއިމްކުރުމަށްވީ ވައުދު ފުރިހަމަ ކުރުމަށް ކުރެވުނު މަސައްކަތް އިތުރަށް ވަރުގަދަކުރެވިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

ގާނޫނު އަސާސީން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ލާޒިމްކޮށްފައިވާ ސާފު ބޯފެން ލިއްބައިދިނުމަށް ނަރުދަމާގެ ވަސީލަތްތައް ދިވެހި ރާއްޖޭގެ މީހުން ދިރިއުޅޭ ރަތްތަކަށް ފޯރުކޮށްދިނުމަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވަނީ ވަރަށް ބޮޑު ގޮންޖެހުން ތަކާއި ކުރިމަތިލާން ޖެހިފައިވެއެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަކީ މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ވައެދެކެވެ.

އެގޮތުން، މި ވައުދު ފުރިހަމަ ކުރެއްވުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން 2020 ވަނަ އަހަރު ތަސްދީގް ކުރެވުނު ފެނާއި ނަރުދަމާގެ ގާނޫނަކީ ފައިތުވެދިޔަ ދިގު މާޒީގައި ރަށުގައި ދިރިއުޅޭ ރައްޔިތުންގެ އަސާސީ ހައްގުތަކަށް އިހުމާލުވެފަ އޮތް އޮތުން ނިމުނަކަށް ގެންއުމަށް އެޅުނު ވަރަށް ހަރުދަނާ ބިންގަލެއް ކަމަށް ސަރުކާރުން ދެކެއެވެ. އަދި 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ މީހުން ދިރިއޅޫ 188 ރަށުގެ ތެރެއިން ފެނުގެ ނިޒާމް ގާއިމްކުރެވި އޮޕަރޭޓް ކުރެވެމުން ދިޔައީ އެންމެ 37 ރަށެއްގައި ކަމަށް ސަރުކާރުން މައުލޫމާތުދެއެވެ. އަދި ނަރުދަމާގެ ހިދުމަތް ގާއިމްކުރެވި ބޭނުންކުރެވެމުން ދިޔައީ ޖުމްލަ 69 ރަށެއްގައި ކަމަށާއި އިންސައްތައިން ބަލާނަމަ، ނަރުދަމާގެ ހިދުމަތް ގާއިމްކުރެވިފައި އޮތީ އެންމެ 37 އިންސައްތަ ރަށުގައިކަމަށް ސަރުކާރުން ބުނެއެވެ. މީގެއިތުރުން، ފެނުގެ ނިޒާމް ގާއިމްކުރެވިފައި އޮތީ އެންމެ 20 އިންސައްތަ ރަށުގައިކަމަށް ސަރުކާރުން ބުނެއެވެ.

އެހެންކަމުން މީ ނިސްބަތުން ވަރަށް މަދު އަދަދުތަކެއް ކަމުގައިވީއިރު، މިހަގީގަތް ބަދަލުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ހަވާލުކުރެވުނު ރަތްތަކުގެ ތެރެއިން މިހާރުވެސް 48 ރަށެއްގައި ނަރުދަމާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ކަމަށް ސަރުކާރުން ބުނެއެވެ. އަދި ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް 60 ރަށެއްގައި ހިންގަމުން ދާކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން ސަރުކާރުން ބުނެފައިވަނީ، ދައުލަތުގެ ބަޖަޓުގެ ހަރަދުގެ އިތުރުން އިންޑިއަން އެގްޒިމް ބޭންކް އަދި އޯޕެކް ފަންޑް ޑިވެލޮޕްމެންޓްގެ އެހީގައި 32 ރަށެއްގައި ނަރުދަމާ ގާއިމްކުރުމާއި 53 ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކޮންޓްރެކްޓް ކުރެވި ޑިޒައިން ކުރުން އަދި ކޮންޓްރެކްޓަރުން ރަށްރަށައް މޮބިލައިޒްކުރުންފަދަ މަރުހަލާތަށް މިވަގުތުވެސް ކުރިއަށް ގެންދާކަމަށެވެ. އަދި މިފަހުގެ ތާރީހަށް މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު އާލަމީ ވަބާ، ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް އައި ދަނޑިވަޅުގައިވެސް ސަރުކާރުގެ އަމާޒަކަށްވީ ރައްޔިތުންނަށް ފޮރުކޮށްދޭންޖެހޭ ހިދުމަތްތަށް އޭގެ އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭނެ ގޮތްތަކަކަށް ސިޔާސަތު ބައްޓަން ކުރުން ކަމަށްވެސް ސަރުކާރުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: