ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހުން މެރުން އާންމުވީ، “އިބޫ އާއި އިމްރާން” މި ދައުރުގައި ގިސާސް ނުހިފާނެކަމަށް ބުނުމުން: ޑރ ޖަމީލު

ޔާމީންގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މީހުން މެރުމުގެ މައްސަލަތައް ގިނަވަމުންދާކަމަށް ފާހަގަކުރައްވާ ކުރީގެ ނައިބު ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ރޭގެ ވަގުތެއްގައި ދެ ފަރާތެއްގެ ދެމެދު ދިމާވި މައްސަލައެއްގެ ތެރެއިން ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން އެކަކު ނިޔާވެފައިވާކަމަށް އިޝާރާތްކުރައްވާ ޖަމީލުވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަދި ސަރުކާރުގެ އިސްވެރިންގެ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ވެރިކަމަށް ވާސިލުވުމައް ދެއްކި ވާހަކަތައް ކޮބާތޯ ސުވާލު ކުރައްވާފައެވެ.

އޭނާ ވަނީ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ރައީސް ޔާމީންއަށް އަމާޒުކުރެއްވި ފާޑުކިޔުންތަކަށް އަލިއަޅުއްވައި، އޭނާއަށް ބަހުގެ ހަމަލާއެއް ރައްދުކުރައްވާފައެވެ. ޖަމީލު ވިދާޅުވީ، މިހާރު ހުންނެވި “ފުލުހުންގެ ވަޒީރު” ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި ސަރުކާރު ބަދުނާމުކުރެއްވުމަށް މަސައްކަތްތަކެއް ކުރެއްވިކަމަށެވެ. އެގޮތުން އިމްރާންވަނީ ރައީސް ޔާމީންގެ ސަރުކާރާއި ގުޅުވައި ދޮގުވާހަކަތަކެއް ދައްކަވާފައިކަމަށް ޖަމީލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިމްރާން އެކަންކުރެއްވީ ސިޔާސީ މަންފާތަކެއް ހާސިލު ކުރެއްވުމުގެ ގޮތުންކަމަށެވެ. ޖަމީލު ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގައި ދިވެހި މުޖުތަމައުގެ ތެރޭގައި މީހުން މެރުން ފަދަ އަމަލުތައް ހިންގުން އާންމުވެފައިވާކަމަށެވެ. ޖަމީލު ވިދާޅުވީ، އެކަން އެގޮތުގެ މަތިން ގޯސްވެގެންދިޔައީ، ރައީސް ސާލިހު އަދި ޝައިހު އިމްރާންވެސް ގިސާސް ހިފުމާއި ދެކޮޅަށް ތިއްބެވުމުންކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ގިސާސް ނުހިފާނެކަމަށް އިމްރާން އަދި ރައީސް ސާލިހު ވިދާޅުވެފައިވާކަމަށެވެ. އެހެންކަމުން ގިނަ ވަމުންދާ މަރުތަކުގެ މައްސަލައިގައި ޒިންމާ ނަންގަވަން ޖެހޭ ފަރާތަކީ ރައީސް ސާލިހު އަދި އިމްރާންކަމަށް ޖަމީލު ފާހަގަކުރެއްވިއެވެ.

ތޫނު އެއްޗެހި ބޭނުންކޮށްގެން ހަމަލާދީ މީހުން މެރުން ފަދަ މައްސަލަތައް ގިނަވެފައިވާކަމަށް ބުނެ ޖަމީލު ކަންބޮޑުވުން ފާޅުކުރެއްވީ، ރޭގެ ވަގުތެއްގައި އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގައި އެކަމުގެ ތެރޭގައި ޝާމިލުވާ އެކަކު ނިޔާވުމާއި ގުޅިގެންނެވެ. ރޭގެ ވަގުތެއްގައި އައްޑޫ ސިޓީގައި މިފަދަ މައްސަލައެއް ފެންމަތިވެގެންދިޔައިރު، ދާދި ފަހުން ހުޅުމާލެ ފޭސް ދެއެއްގައި އެފަދަ ހަމަލާއެއްގެ ޝިކާރައަކަށް ވެފައިވާ މީހެއް ސައިކަލެއްގެ މަތީ އިޝީންދެގެން އިން ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެގެންދިޔައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: