ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ މަގޭ ހިޔާ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

އެސްޓީއޯ މަގޭ ހިޔާ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި /
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓު ލިބުނު މީހުންނަށް ހާއްސަކޮށްގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުރިއަށްގެންދާ މަގޭ ހިޔާ ޕްރޮމޯޝަންގެ މުއްދަތު 1 މަހަށް އިތުރުކޮށްފި އެވެ.

މިދިޔަ ޖުލައި “މަހު މަގޭ” ހިޔާ ޕްރޮމޯޝަން އެސްޓީއޯއިން ފެށީ 6 މަސް ދުވަހުގެ ނިޔަލަށް ކަމަށްވާއިރ،ު އެ މުއްދަތު މި ޑިސެންބަރު މަހުގެ ނިޔަލަށް ހަމަ ވާނެކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. އަދި އެސްޓީއޯއިން ޕްރޮމޯޝަންގެ މުއްދަތު 1 މަސް ދުވަހަށް އިތުރު ކުރުމަށް ނިންމައިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެއާއެކު އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް މި ޕްރޮމޯޝަންގެ ތެރެއިން މުދާ ގަނެވޭނެ އެވެ. މިއާއިއެކު އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަންގެ ތެރެއިން އެސްޓިއޯ ހޯމް އިމްޕްރޫވްމަންޓުން ގަންނަ ހުރިހާ އެއްޗަކުން ވެސް 10 އިންސައްތަ އާއި 15 އިންސައްތައާ ދެމެދުގެ ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ. އަދި ގަންނަ މުދާ ހިލޭ ޑެލިވަރީ ކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަަމަށެވެ.

އެސްޓީއޯއިން ބުނީ މި ޕްރޯމަޝަނުގެ ތެރެއިން 3 ނަސީބުވެރިން ހޮވުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. އަދި އެއްވަނަ ނަސީބުވެރިއަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާއިރު، ދެވަނައަށް ދާ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއްގެ އިތުރުން ތިންވަނަ އަށް 5،000 ރުފިޔާގެ ވައުޗަރެއް ވެސް ހަދިޔާގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: