ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ ޕަރފޮމަންސް އޮޑިޓް: ރިޕޯޓުގައި ނެތް ވާހަކަތަކެއް މަޖިލިސް ތަޅުމަށް!

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އޭސީސީގެ ޕަރފޮމަންސް އޮޑިޓުގައި ނެތް ވާހަކަތަކެއް، ރިޕޯޓުގައި ހުރިކަމަށް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށައަޅާފައިވާކަން ހާމަވެއްޖެއެވެ.

މިކަން ފާހަގަކުރެވިފައި މިވަނީ، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ޖަވާބުދާރީވުމުގެ ގޮތުން އޭސީސީގެ ކުރީގެ ރައީސް މަރްޔަމް ޝިއުނާ ފޮނުވި ސިޓީގައި އެކަން ފާހަގަކޮށްފައިވާތީއެވެ.

16 ޑިސެންބަރު 2021 ގައި ބޭއްވި 5ވަނަ ޚާއްޞަ ޖަލްސާގައި މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ސިޓީއެއް އިއްވާފައިވެއެވެ. އެ ސިޓީގައިވަނީ، 9 ޑިސެންބަރު 2021 ގައި ބޭއްވި ކޮމެޓީގެ ބައްދަލުވުމަށް އޮޑިޓު އޮފީހުން އޭސީސީގެ ޕަރފޮމަންސް އޮޑިޓު ރިޕޯޓުގެ ޕްެރެސެންޓޭޝަނެއް ހުށަހެޅިކަމަށާއި، އޮޑިޓު ރިޕޯޓުން ފާހަގަވެފައިވާ ކަންތައްތަކެއް ހިމެނޭކަމަށެވެ.

ކޮމެޓީން ފްލޯރ އަށް ހުށަހެޅި ސިޓީގައި، އޭސީސީން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތައް މަދުކަމަށާއި، އެހެން ދިމާވަނީ، މައިގަނޑު 3 ކަމެއްގެ ސަބަބުންކަމަށް ބަޔާންކޮށްފައިވެއެވެ. އެ ކަންކަމަކީ:
1. ޕްރިލިމިނަރީ އެސެސްމަންޓް މަރުހަލާގައި މައްސަލައެއް ހުރުމުންކަމަށް.
2. ތަޙުޤީޤު މަރުޙަލާ މައްސަލައެއް ހުރުމުންކަމަށް.
3. އިންވެސްޓިގޭޓަރުންގެ ކެޕޭސިޓީގައި މައްސަލަ ހުރިކަން.

މީގެއިތުރުން، ތަހުގީގު މަރުހަލާ ނިމުނުކަމުގައިވީނަމަވެސް ޕީޖީ އޮފީހަށް ފޮނުވުމަށް ގިނަ ދުވަސްތަކެއް ހޭދަވާކަމަށްވެސް ކޮމެޓީގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓު އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އޭސީސީގެ ޕަރފޮމަންސް އޮޑިޓު ރިޕޯޓުގައި، އެ ރިޕޯޓުގައި ހިމެނޭކަމަށް ބުނެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާހަގަކޮށްފައިވާ ބައެއް ކަންކަން ނެތެވެ. އެގޮތުން، ޕީޖި އޮފީހަށް ފޮނުވާ މައްސަލަ މަދުވަނީ، ތަހުގީގު މަރުހަލާގެ މައްސަލައެއްގެ ސަބަބުންކަމަށް ބުނާ ވާހަކައާއި، އިންވެސްޓިގޭޓަރުންގެ ކެޕޭސިޓީގެ މައްސަލައަކުން ކަމަށް ބުނާ ވާހަކަ ނެތެވެ. އަދި، ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމަށް ގިނަ ދުވަސްތަކެއް ހޭދަވާކަމަކަށްވެސް އޮޑިޓު ރިޕޯޓުގަ ނެތެވެ.

ޝިއުނާގެ ސިިޓީގައިވެސް މިކަންކަން ފާހަަަގަކޮށް މަޖީލީހަށް ރައްދު ދީފައިވެއެވެ. އެގޮތުން، އޭސީސީން ނިންމާ ކޮންމެ މައްސަލައެއް ޕީޖީ އޮފީހަށް ނުފޮނުވަނީ، ޕްރިލިމިނަރީ އިވެކުއޭޝަން މަރުޙަލާއާއި، ތަހުގީގު މަރުހަލާ ހަރުދަނާ ނުވެގެން ނޫންކަމާއި، އަދި އެއީ އިންވެސްޓިގޭޓަރުންގެ ކެޕޭސިޓީގެ މައްސަލައަކުން ވާކަމެއްވެސް ނޫންކަމަށް ބުނެފައިވެއެވެ.

މިކަން އިތުރަށް ސާފުކޮށްދެމުން ޝިއުނާ ބުނެފައިވަނީ، އޭސީސީން ޕީޖީއަށް ފޮނުވާ މައްސަލަތަކުގައި އޭސީސީއާ ޕީޖީ އޮފީހާ ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތައް ޓެކްނިކަލް ލެވެލްއެއްގައި ބަލައި ދިރާސާކޮށްފިނަމަ އެކަން ސާފުވާނެ ކަމަށާއި، މައްސަލަތަކުގައި ދައުވާ ނުކުރަން ޕީޖީން ނިންމަނީވެސް އެކަށީގެންވާ ހެކި ނެތިގެން ނޫންކަމާއި، ދައުވާ ނުކުރަން ޕީޖީ ނިންމާ މައްސަލަތައް އަލުން ރިވިއު ކޮށްދީފައިވާ ކަމަށާއި، ދައުވާ ކުރެވޭނެކަމަށް ބުނެ މައްސަލަ ފޮނުވައިދިނުމަށް ޕީޖީ އޮފީހުން ބުނެގެން މައްސަލަ ފޮނުވުމުންވެސް ދައުވާ ނުކުރެވޭނެކަމަށް ނިންމައި އަނބުރާ ފޮނުވާފައިވާ ކަމަށް ޝިއުނާ ބުނެފައިވެއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފްލޯރއަށް ހުށަހެޅި ސިޓީގައި ފާހަގަކޮށްފައިވާ އެހެން ޕޮއިންޓެއްގައި ބުނެފައިވަނީ، ތަހުގީގު މަރުހަލާ ނިމުނުކަމުގައިވީނަމަވެސް ޕީޖީ އޮފީހަށް ފޮނުވުމަށް ގިނަ ދުވަސްތަކެއް ހޭދަވާކަމަށެވެ. ނަމަވެސް މިވާހަކަވެސް އޮޑިޓު ރިޕޯޓުގައި ނެތެވެ.

ޝިއުނާގެ ސިިޓީގައިވެސް މިކަންވެސް ފާހަަަގަކޮށް މަޖީލީހަށް ރައްދު ދީފައިވެއެވެ. އެގޮތުން، ތަހުގީގު މަރުހަލާ ނިމުނުކަމުގައިވީނަމަވެސް ޕީޖީ އޮފީހަށް ފޮނުވުމަށް ގިނަ ދުވަސްތަކެއް ހޭދަވާކަމަށް މަޖިލީހުން ފާހަގަކޮށްފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްކަމެއް ސާފުނުވާ ކަމަށާއި، އަދި އެކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި އެކަން ފާހަގަކޮށްފައި ނުވާކަމަށްވެސް ބުނެފައިވެއެވެ.

ޝިއުނާގެ ސިޓީގައި އެ ޕްރޮސެސްވެސް އިތުރަށް ތަފްސީލް ކޮށްދީފައިވެއެވެ. އެގޮތުން، ޕީޖީއަށް މައްސަލައެއް ފޮނުވަން ނިންމުމާއެކު އެމައްސަލައެއް ޕީޖީއަށް ފޮނުވުމުގެ ޕްރޮސެސްއަކީ އެކޮމިޝަނުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަމެއް ކަމަށާއި، 2020 އަދި 2021 ގައި ޕީޖީއަށް ފޮނުވާފައި ހުރި މައްސަލަތައް، ޕީޖީއަށް ފޮނުވުމަށް ހޭދަވަނީ އެވްރެޖްކޮށް 4 ދުވަސްކަމާއި، ގިނަ މައްސަލަތައް ދުވަހުން ދުވަހަށް ވެސް ފޮނުވާފައިވާނެ ކަމަށް ޝިއުނާ ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: