ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

150 ޗާޓަޑް އެކައުންޓެންޓުން ތަމްރީނު ކުރަން ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހީން އެކައުންޓަންޓުންގެ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ސަރުކާރުގެ ޚަރަދުގައި 150 ޗާރޓަރޑް ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީނުކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

މި ސްކޮލަރޝިޕް ތަކުގައި ކިޔަވަން ހަމަޖެހިފައިވަނީ:
1. ACCA ސްކިލްސް ލެވެލް،
2. ACCA ޕްރޮފެޝަނަލް ލެވެލް،
3. CIMA މެނޭޖްމަންޓް ލެވެލް،
4. CIMA ސްޓްރެޓީޖިކް ލެވެލް، އަށެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަފުޅު ދައްކަަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ 150 ޗާޓަޑް ޕްރޮފެޝަނަލް އެކައުންޓެންޓުންގެ ތެރެއިން 50 ފުރުސަތު ސަރުކާރުގެ އިދާރާތަކަށް ޚާއްސަ ކޮށްފައިވާ ކަމަށާއި، ބާކީ 100 ފުރުސަތު ޕްރައިވެޓް ސެކްޓާ ނުވަތަ އަމިއްލަ ފަރާތްތަކަށް ޚާއްސަ ކޮށްފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގައި މިހާރު ކިޔަވަމުން ދާފަރާތްތަކާއި މިދާއިރާ އާއި ގުޅުންހުރި ތައުލީމުލިބިފައި ޕްރޮފެޝަނަލް ޗާރޓަރޑް އެކައުންޓެންޓަކަށް ވެވިދާނެ ފަރާތްތަކަށް ވެސް މި ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް ހަޔަރ އެޑިއެކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

މިޕްރޮގްރާމްގައި ކިޔަވާ ފަރާތްތައް 2 އަހަރުގެ މުއްދަތަށް ރާއްޖޭގައި ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. މި ކަމަށް އެޕްލިކޭޝަން ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ 20 ޖެނުއަރީ 2022 އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: