ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރާފަ އޮންނަ ބަޔަކާ ދިމާލަށް އެއްޗެހި ގޮވުމަކީ ރަނގަޅު ގޮތެއް ނޫން: މޫސާ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯނު ނަގައިގެން ދަރާފަ އޮންނަ ބަޔަކާ ދިމާލަށް އެއްޗެހި ގޮވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޫސާ ވިދާޅުވީ، އިންޑިއާ ވިއަސް އަދި ޗައިނާ ވިއަސް އަދި އެހެން ގައުމަކާ ދިމާލަށްވެސް ލޯނު މަޅިޖެހިގެންނޭ ކިޔުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. މޫސަ މިފަދަ މޭރުމަކުން ވާހަކަދައްކަވާފައިވާއިރު ރައީސް ޔާމީން ވަނީ އިންޑިއާ އައުޓް ކެމްޕެއިން އަތޮޅުތެރެއަށް ފުޅާކުރުމަށް މަސައްކަތް ފައްޓަވާފައެވެ. އެގޮތުން ފ.ނިލަންދޫ، ކ އަތޮޅު ގުރައިދޫ އާއި ތުލުސްދޫއަށް ވެސް ވަޑައިގެން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވާއިރު، އެމަނިކުފާނު މިނިވަންވެވަޑައިގެން ބޭއްވި ފުރަތަމަ ަބއްދަލުވުމުގައިވެސް އެހަރަކާތް އިތުރަށް ފުޅާކުރުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

ރައީސް ޔާމީން މިނިވަންވެ ވަޑައިގަތުމަށްފަހު އިންޑިޔާ އައުޓް ކެމްޕެއިން އަތޮޅުތެރެއަށް ފުޅާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަަކަށް އެމްޑީޕީ މެމްބަރުން އަންނަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އަދި ޚާއްސަގޮތެއްގައި އިންޑިޔާ އައުޓް ޖަހާފައިވާ ޓީޝާޓެއް ރައީސް ޔާމީން ތުރުކުރައްވައިގެން ހުންނެވުމުން އެކަމަށްވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުކޮށްފައެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން އެކަމުން ދައްކުވައިދެނީ އެމަނިކުފާނު ވެއްޓިފައިވާ ދަށު ދަރަޖަކަމަށެވެ. އަދި އިންޑިޔާ އައުޓް ޓީޝާޓެއް ބޭނުންކުރައްވައިގެން މިފަދަ ހަރަކާތެއްގައި ބައިވެރިވެފައިވާތީ އެކަމަށް ވަނީ ފާޑުވިދާޅުވެފައެވެ.

އިންޑިއާގައި ދިވެހި ރާއްޖޭގެ އެތައް އާއިލާއެއް ދިރިއުޅެމުން ދާއިރު، ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށްޓަކައި އެއްވެސް މީހަކު މުޅި މި ދިވެހިރާއްޖޭގެ ނަމުގައި ބޭރުގެ އެހެން ގައުމަކާއި ދިމާލަށް އެއްވެސް ބަޔަކު އްޗެހި ކިޔުމަކީ ރާއްޖެއަށް ވަރަށް ނޭދެވޭ އަސަރު ކުރާނެ ކަމެއްކަމަށް މޫސަ ވިދާޅުވިއެވެ. އަދި މިއަދު އިންޑިއާ އައުޓް ގޮވާ މީހުންނަށް މާދަމާ ވެރިކަން ލިބުނަސް އެމީހުންވެސް ތިބެން ޖެހޭނީ އިންޑިއާ މީހުން ބުނާ ގޮތެއް ހަދައިގެން އެމީހުން ބުނާ ސަރަހައްދެއްގައި ކަމަށްވެސް މޫސާ ވިދާޅުވިއެވެ.

”ދިވެހިރާއްޖެ އަކީ އަވައްޓެރި ގައުމުތަކާއި ދިމާލަށް އެއްޗެކޭ ކިޔޭ ވަރަށްވުރެ މާ ހާލުގައި އުޅޭ، އެމީހުންގެ ފައިތިލަ ދަށަށް ދާންޖެހިފައި ތިބި ބައެއް. އިހަށްދުވަހު ޔުކްރެއިން މައްސަލައިގައި އެމެރިކާއިން ޑަން ލާފަ ގަދަ ބަސް ބުނެވޭ ކަހަލަ ހިއްވަރެއް އަޅުގަނޑުމެން ގައިގަ ހުރިނަމަ ރަނގަޅު އިންޑިއާ ދިމާލަށްވެސް އެގޮތަށް ބަވައިގަންނަން“ މޫސަ

މޫސަ ވިދާޅުވި ގޮތުގައި ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް އެހެން ގައުމެއްގެ ސިފައިން އުޅޭކަމަށާއި އެއީ 2 ގައުމުގެ ސިފައިން ގުޅިގެން ތަމްރީނުތަށް ހިންގުމާއި އަދިވެސް އެހެނިހެން އެތައް މުހިންމު ކަންކަމުގައި ކަމަށެވެ. މިފަދަ ސަބަބުތަކާއިހުރެ އިންޑިއާ އައުޓް ގޮވުމަކީ އޭނާ އެދޭ ކަމެއްނޫންކަމަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އިންޑިޔާ އައުޓް ކެމްޕެއިން ވަރުގަދަ ކުރަމުން އަންނައިރު ސަރުކާރުންނާއި ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން އަންނަނީ އިންޑިޔާ އައުޓް ހުއްޓާލުމަށާއި އެކެމްޕެއިން ހުއްޓުވުމަށް ގޮވާލަމުންނެވެ. މިކެމްޕެއިން ހުއްޓާލުމަށް ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީއިންވެސް ބަޔާނެއް އާންމުކޮށްފައިވާއިރު އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންވެސް އަންނަނީ ކެމްޕެއިން ހުއްޓާލުމަށް ގޮވާލަމުންނެވެ.

އެގޮތުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ ރާއްޖެއާއި އިންޑިޔާ އޮންނަނީ ޒަމާންވީ ގާތް ގުޅުމެއް ކަމަށާއި ޒަމާނުއްސުރެ ދިވެހިން ހަނޑޫ، ހަކުރު އަދި ފުއް ގެންނަ ގައުމަކީ އިންޑިޔާ ކަމަށް ވިދާޅުވެފައެވެ. މިއީ ޒަމާންވީ ގުޅުމުގެ ކުޑަ މިސާލެއްކަމަށާއި ކުރީގެ ރައީސަކު އިންޑިޔާ އައުޓް ޖަހައިގެން އެންމެ އަވަށްޓެރި ގައުމާއި ދެކޮޅުވެރިވާން އުޅުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއްކަމަށް ވައްޑެ ވިދާޅުވިއެވެ.

ވަރަށް ގަދަ
22%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 0%ވަރަށް ދެރަ 56%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: