ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑަޗް ކޮންސިއުލޭޓްގައި އަމިއްލައަށް ބަންދުވެގެން ހުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ފޮޓޯ: އާކައިވް.. ފުލުހުންގެ މައި އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހުންނަ ނެދަލޭންޑްސްގެ އޮނޮރަރީ ކޮންސިއުލަށް ވަން މީހަކު އެތަނުގެ ކުޑަ ކޮޓަރިއެއްގެ ތެރޭގައި އަމިއްލައަށް ބަންދުވާން އުޅެފިއެވެ.

ފުލުހުން ބުނެފައިވަނީ އަލިފާން ބިލްޑިންގައިހުންނަ ނެދަލޭންޑްސް ކޮންސިއުލޭޓް ގެ ކުޑަ ކޮޓަރިއަކަށްވަދެ މީހަކު ބަންދުވެގެން ހުރިކަމުގެ މައުލޫމާތު ރޭ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެމީހާ އެތަނުން ނުކުންނަން ދެކޮޅު ހަދައި، އަމިއްލަ ނަފުސަށް ގެއްލުންދީފާނެ ކަމަށް ބެލެވިގެން، ކޮންސިއުލޭޓްގެ ހުއްދައާއެކު ބާރުގެ ބޭނުންކޮށްގެން އެ މީހާ ކޮޓަރިން ނެރެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: