ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ކޮވިޑުގެ އިތުރު 228 ކޭސް!

ރާއްޖެއިންވެސް އޮމިކްރޯނުގެ 5 ކޭސް ފެނިފައިވޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެިއން ކޮވިޑް 19 އަށް އިތުރު 228 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުން ދައްކާގޮތުން ކޮވިޑް 19 އަށް އިއްޔެ ވަނީ ޖުމްލަ 228 މީހަކު ޕޮޒިޓިވް ވެފައެވެ. މި 228 މީހުންގެ ތެރެއިން 66 މީހުން ޕޮޒިޓިވް ވެފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ. އަދި 60 މީހަކު ވަނީ އަތޮޅުތަކުގެ ތެރެއިން ޕޮޒިޓިވް ވެފައެވެ.

މި އަދަދާއިއެކު މިހާރު ރާއްޖޭގައި ޖުމްލަ 2،702 އެކްޓިވް ކޭސް އެބައޮތެވެ. ރާއްޖެއިން ކޮވިޑަށް މީހުން ޕޮޒިޓިވްވާ މިންވަރު ގާތްގަނޑަކަށް އެއް މިންވަރެއްގައި ހިފެހެއްޓުމަށްފަހު އަނެއްކާވެސް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އަންނަނީ އިތުރުވަމުންނެވެ. ރިސޯޓުތަކުންވެސް ގިނަ ބަޔަކު އަނެއްކާވެސް ޕޮޒިޓިވްވަމުން އަންނައިރު އިއްޔެ އޮޕަރޭޝަނަލް ރިސޯޓުތަކުން 97 މީހުން ޕޮޒިޓިވް ވެފައިވެއެވެ.

ކުރިއަށް އޮތް ދެހަފްތާ ތެރޭގައި ރާއްޖޭގައި ކޮވިޑު 19 ހަލުއި ކަމާއިއެކު ފެތުރޭނެކަމަށް ކަމާއި ބެހޭ ފަރާތްތަކުން އިރުޝާދުދެމުން ދާއިރު، ހެލްތު ޕްރޮޓެކްޝަނުން ވަނީ ފިޔަވަޅުތައް އެޅުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން އާއްމު ސާފުތާހިރުކަން އިސްކުރުމާއި، ގާތް ދުރުކަން  ދެމެހެއްޓުމުގ އިތުރުން އާއްމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

ކޮވިޑުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވައިރަލް ހުމެއް ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ ގޮވާލާފައެވެ. އެގޮތުން އެޗްޕީއޭ އިން ވަނީ އާއްމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށާއި ބޭރަށް ހިންގުމުގެ އިތުރަށް އެހެން އަލާމާތްތައް ފެންނަނަމަ ލަސް ނުކޖޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަށް އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: