ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުގެ އިތުރު 224 ޕޮޒިޓިވް ކޭސް ފެނިއްޖެ!

ކުޅުދުއްފުށީގައި އެސްޓްރާ ޒެނަކާ ވެކްސިން ޖެހުމުގެ ތެރެއިން— ފޮޓޯ: ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެިއން ކޮވިޑް 19 އަށް އިތުރު 224 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުން ދައްކާގޮތުން ކޮވިޑް 19 އަށް އިއްޔެ ވަނީ ޖުމްލަ 224 މީހަކު ޕޮޒިޓިވް ވެފައެވެ. މި 224 މީހުންގެ ތެރެއިން 102 މީހުން ޕޮޒިޓިވް ވެފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ. އަދި 48 މީހަކު ވަނީ އަތޮޅުތަކުގެ ތެރެއިން ޕޮޒިޓިވް ވެފައެވެ.

މި އަދަދާއިއެކު މިހާރު ރާއްޖޭގައި ޖުމްލަ 2،734 އެކްޓިވް ކޭސް އެބައޮތެވެ. ރާއްޖެއިން ކޮވިޑަށް މީހުން ޕޮޒިޓިވްވާ މިންވަރު ގާތްގަނޑަކަށް އެއް މިންވަރެއްގައި ހިފެހެއްޓުމަށްފަހު އަނެއްކާވެސް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އަންނަނީ އިތުރުވަމުންނެވެ. ރިސޯޓުތަކުންވެސް ގިނަ ބަޔަކު އަނެއްކާވެސް ޕޮޒިޓިވްވަމުން އަންނައިރު އިއްޔެ އޮޕަރޭޝަނަލް ރިސޯޓުތަކުން 74 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.

އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލައިލާއިރު 26،000 އަށްވުރެ ގިނަ މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. ކޮވިޑު-19 ގެ އާ ވޭރިއަންޓެއް ފެނި ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖަހަން ފެށިތާ ވަނީ ދުވަސްތަކެއް ވެފަ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުގައި 396،882 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 367،865 މީހުންނެވެ.

ކުރިއަށް އޮތް ދެހަފްތާ ތެރޭގައި ރާއްޖޭގައި ކޮވިޑު 19 ހަލުއި ކަމާއިއެކު ފެތުރޭނެކަމަށް ކަމާއި ބެހޭ ފަރާތްތަކުން އިރުޝާދުދެމުން ދާއިރު، ހެލްތު ޕްރޮޓެކްޝަނުން ވަނީ ފިޔަވަޅުތައް އެޅުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން އާއްމު ސާފުތާހިރުކަން އިސްކުރުމާއި، ގާތް ދުރުކަން ދެމެހެއްޓުމުގ އިތުރުން އާއްމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: