ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އިންޑިޔާ އައުޓް“ ޓީޝާޓް ލުން މަނާ ނުކުރަން: ފުލުހުން

އިދިކޮޅުގެ އެންމެ އިސް ދެލީޑަރުން "އިންޑިޔާ އައުޓް" ޓީޝާޓާއެކު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތަތްތަކުގައި ”އިންޑިޔާ އައުޓް“ ޓީޝާޓް ބޭނުން ނުކުރަން ނާންގާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

”އިންޑިޔާ އައުޓް“ ޓީޝާޓު ލައިގެން އިހުތިޖާޖުތައް ކުރިއަށް ގެންދިޔުން މަނާކޮށްފައިވާކަމަށް ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ބައެއް މީޑީޔާތަކުން ވަނީ އިނގެރޭސި ބަހުން ”އިންޑިޔާ އައުޓް“ ލިޔެގެން ޓީޝާޓުތައް ބޭނުންނުކުރުމަށް ފުލުހުން އަންގާފައިވާކަމަށް ރިޕޯޓްކޮށްފައެވެ. މީގެ ކުރިން އިދިކޮޅުން ބޭއްވުމަށް މަސައްކަތްކުރި ސައިކަލް ބުރެއްވެސް ފުލުހުން ހުއްޓުވީ އެގޮތަށް އެންގުމަށްފަހު ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑީޔާ ގްރޫޕްގައި ސުވާލުކުރުމުން ފުލުހުން ބުނީ އެފަދަ އެއްވެސް އެންގުމެއް އަންގާފައިނުވާނެ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

”އިންޑިޔާ އައުޓް“ ކެމްޕެއިން ހުއްޓާލައި ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުން ހުއްޓާލުމަށް ސަރުކާރުން ވަނީ ގޮވާލާފައެވެ. އަދި މިކެމްޕެއިން ކުރިއަށްގެންދާ މީހުންނަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވަނީ ގޮވާލައްވަފައެވެ.

ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަންވެ ވަޑައިގަތުމަށްފަހު ”އިންޑިޔާ އައުޓް“ ކެމްޕެއިން ވަރުގަދަކުރުމަށް ވަނީ ގޮވާލާފައެވެ. އެމަނިކުފާނު ވަނީ އަމަލީގޮތުން ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވައި ”އިންޑިޔާ އައުޓް“ ކެމްޕެއިން ޓީޝާޓުވެސް ތުރުކުރައްވާފައެވެ.

މިކަމަށް އެމްޑީޕީ މެމްބަރުންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ރައީސް ޔާމީންގެ މިއަމަލުފުޅަކީ ރަނގަޅު ކަމެއްނޫންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސް ޔާމީން އެފަދައިން ކަންތައް ކުރެއްވުމުން އާންމު ރައްޔިތުން ލަދުގަންނަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅުގެ ”އިންޑިޔާ އައުޓް“ ކެމްޕެއިން އަންނަނީ އިތުރަށް ފުޅާކުރަމުންނެވެ. ފާއިތުވި ދެދުވަހުވެސް މިހަރަކާތްތަކުގައި ބައިވެރިވާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް އަންނަނީ ގެންދަމުންނެވެ. މިއަދު ހަވީރުވެސް މިފަދަ ހަރަކާތެއް ޕީޕީއެމް އޮފީސް ދޮރުމަތިން ފެށުމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ނިންމާފައިވާއިރު ހަރަކާތުގައި ބައިވެރިވާ މީހުން ”އިންޑިޔާ އައުޓް“ ޓީޝާޓެއް ބޭނުންކުރުމަށް ޕާޓީއިން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: