ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 70 ޕަސެެންޓް ނިމިއްޖެއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ވެލި ބޭނުންކޮށްގެން ކޮނުމަށްފަހު ބިންގަނޑު އެއްވަރު ކުރުމާއި، ބެޑު ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ނިމިފައވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 11,700ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ބެޑު ތައްޔާރުކުރުމާއި، 280 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
މި މަޝްރޫޢަކީ 10.13 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

