ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫއޭއީ އަށް ދިން ޑްރޯން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މިނިސްޓަރ ޝާހިދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ އަބޫދާބީއަށް އަމާޒުކޮށް އިއްޔެ ދިން ޑްރޯން ޙަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

މި ޙަމަލާގައި 3 މީހަކު މަރުވެ، އިތުރު މީހުން ޒަޚަމްވެފައިވެއެވެ.

މި ޙަމަލާ ކުށްވެރިިކޮށް ރޭ ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއްމުންނަށާއި ސިވިލް އިންފްރާސްޓްރަކްޗަރ އަށް އަމާޒުކޮށް މި ދިން ޓެރަރިސްޓް ޙަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އަދި އާއްމުންނާ ދަތުރުވެރިން ނުރައްކަލަށް ހުށަހެޅުނު ފިނޑި އަމަލެއްކަމަށެވެ.

ޔޫ.އޭ.އީގެ ސަލާމަތަށް ނުރައްކާކުރާ ފަރާތްތަކާ ދެކޮޅަށް އެގައުމުން ކުރާ މަސައްކަތުގައި ދިވެހި ސަރުކާރުން ޔޫ.އޭ.އީ ސަރުކާރާއެކު އޮންނާނެކަން ހާމަކޮށް، އެސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް ޔޫ.އޭ.އީ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ދިވެހި ސަރުކާރުން ވަނީ ތައުރީފްކޮށްފައެވެ.

ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖްތަމައާ ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ ދީފައެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 43%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: