ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫއިން އިތުރު 78 މީހުން ޕޮޒިޓިވްވެ، މިވަގުތުވެސް އައްޑޫގައި 427 ކޭސް!

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީއިން އިތުރު 78 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

މިއާއެކު އައްޑޫ ސިޓީގައި މިވަގުތު އެކްޓިވް 427 ކޭސް އެބައޮތެވެ. މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ އެންމެ މީހަކަަށެވެ.

އައްޑޫ ސިޓީއިން އިއްޔެ އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ހިތަދޫއިންނެވެ. ހިތަދޫއިން 29 މީހަކު ޕޮޒިޓިވްވިއިރު ފޭދޫއިން 23 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީދޫއިން 12 މީހަކު ޕޮޒިޓިވްވިއިރު، ހުޅުދޫއިން 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިވަގުތު އައްޑޫ ސިޓީގައި އެކްޓިވެ 427 ކޭސް ރިކޯޑްކުރެވިފައިވާއިރު ބައްޔަށް ޕޮޒިޓިވްވެފައިވާ އެންމެ ގިނަ ބަޔަކު ތިބީ ހިތަދޫގައެވެ. ހިތަދޫގައި 187 މީހަކު މިވަގުތުވެސް ބައްޔަށް ފަރުވާ ހޯދަމުންދާއިރު، ފޭދޫގައި 81 ޕޮޒިޓިވް ކޭސް އަދި މީދޫގައި 79 ޕޮޒިޓިވް ކޭސް މިވަގުތުވެސް ވަނީ ރިކޯޑް ކުރެވިފައެވެ. އައްޑޫ ސިޓީގެ ރިޒޯޓުތަކުގައިވެސް 13 ޕޮޒިޓިވް ކޭސް މިވަގުތު ވަނީ ރިކޯޑް ކުރެވިފައެވެ.

އައްޑޫ ސިޓީއަކީ މާލެ ސިޓީއަށްފަހު އެންމެ ގިނައިން ކޮވިޑް ކޭސްތައް ފެނިފައިވާ ސަރަހައްދެވެ. ގިނަ ދުވަސްތަކެއްވަން އައްޑޫ ސިޓީ ލޮކްޑައުންގައި އޮތުމަށްފަހު ލޮކްޑައުން އުވާލިތާ މާގިނަ ދުވަހެއްނުވެ އެސިޓީގެ ހާލަތު އަނެއްކާ މިވަނީ ގޯސްވާން ފަށާފައެވެ.

މާލެ ސިޓީއިންވެސް އިއްޔެ ގިނަ ބަޔަކު އަލަށް ޕޮޒިޓިވްވެ މުޅި ރާއްޖެއިން ރިކޯޑް އަދަދަކަށް މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ޖުމްލަ 1594 މީހުން ބައްޔަށް އަލަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން 857 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅުތެރެއިން 438 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިޒޯޓްތަކުން 118 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ހޮސްޕިޓަލުތަކުގައި މިވަގުތު ޖުމްލަ 40 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑްގެ އަދަދުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާއިރުވެސް، އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައެއް ނެތެވެ. އަދި ފިޔަވަޅެއް އަޅަންއުޅޭކަމުގެ އިޝާރާތެއްވެސް އެޗްޕީއޭ އަދި ޓެގް ޓީމުންވެސް ދީފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: