ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑާއި ހެދި އާމްދަނީއަށް އަސަރު ކުރިމީހުން ”އެހީ ޕްރޮގްރާމް” އަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

 ކޮވިޑް- 19 އާ ގުޅިގެން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ އާމްދަނީއަށް އަސަރުކޮށްފައިވާަނަމަ،  މާލީ އެހީގެ ޕްރޮގްރާމްއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ އިިކޮނޮމިކް މިނިސްޓްރީއާއި ވޯލްޑްބޭންކް ގުޅިގެން “ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް”ގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރި އިއުލާނެއްގައި ވިދާޅުވީ މި ޕްރޮގްރާމްގެ މަޤްޞަދަކީ ކޮވިޑް-19އާ ގުޅިގެން މަސައްކަތް ހުއްޓި ނުވަތަ އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް މާލީ އަދި ތަމްރީން އެހީ ފޯރުކޮށްދިނުމެވެ.

މީގެިއތުރުން، މި އެހީއަށް ޝަރުތު ހަމަވާ ފަރާތްތަކަށް 60،000 ރުފިޔާއާ ހަމައަށްވާ ފައިސާގެ އަދަދެއް އެހީގެ ގޮތުގަިއ ދިނުމަށް ހަމަޖެހިފައިވެ އެވެ. އެހީ ލިބުމުގެ ޝަރުތެއްގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުން ލާޒިމުކޮށްފައިވެ އެވެ.
އެހީ ހޯދުމަށް އެދި ހުށަހެޅޭ ދާއިރާތަކުގެ ތެރޭގައި ކާބޯތަކެތި އުފެއްދުން، އަތްތެރި މަސައްކަތް، ބިއުޓީ އަދި މޭކަޕް ކުރުން، ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ، ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތް، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ،ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް ގެ އިތުރުން ކުޅިވަރު އަދި ފިޓްނަސް ހިމެނެއެވެ.

އެހީގެ ޕްރޮގްރާމަށް ކުރިމަތިލެވޭނީ މިމަހުގެ 31 ވާ ހޯމަ ދުވަހުގެ ނިޔަލަށެވެ. މި އެހީއަށް އެދުމަށްޓަކައި އެޕްލިކޭޝަން ހުށަހަޅަންޖެހެނީ އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.

ވަރަށް ގަދަ
38%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 63%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: