ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާސްކް އެޅުން ހުއްޓާލައި ކުރިން ތައުލީމް ފޯރުކޮށްދިން އުސޫލަށް ބަދަލުވާންޖެހޭ: އާޒިމް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މާސްކް އެޅުން ހުއްޓާލައި ކޮވިޑްގެ ކުރިން ތައުލީމް ފޯރުކޮށްދިން ގޮތަށް ތައުލީމް ފޯރުކޮށްދޭން ފަށަންވެއްޖެކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު އާޒިމް ވަނީ ކޮވިޑަކީ މެޑިކަލް މާފިޔާ ވިޔަފާރިއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިވަގުތު ތައުލީމަށް އޮތް އެންމެ ބޮޑު ހުރަހަކީ ކޮވިޑްގެ ހާލަތުކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން އެތައް ގާނޫނެއް ސަސްޕެންޑްވެފައިވަ ކަމަށެވެ. އަދި އޭގެ ސަބަބުން އެތައް ބަޔަކު ނާޖައިޒް ފައިދާ ނަގަމުންދާކަމަށްވެސް އާޒިމް ވިދާޅުވިއެވެ. ދުނިޔޭގެ އެހެން އެއްވެސް ހިސާބެއްގައި މިހާ ދިގު މުއްދަތެއް ވަންދެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިނުވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

“ދެ އަހަރު ވަންދެން ކުއްލި ނުރައްކަލުގެ ހަލަތު އިއުލާންކޮށްގެން، މިއީ ދެން ބޮޑު ޖޯކެއް! ޔޫރަޕްވެސް އަދި އޭޝިޔާގެ ބައެއް ގައުމުތަކުގައިވެސް ކޮވިޑް ވަނީ އާދައިގެ ރޯގާއެއް ގޮތުގައި ކަނޑައަޅާފައި” އާޒިމް

އާޒިމް ވިދާޅުވީ ފާއިތުވި ދެ އަހަރަކީ ތައުލީމް އުނގަންނައިނުދޭ ދެ އަހަރުގެ ގޮތުގައި ބެލެވިދާނެ ކަމަށެވެ. ދަރުވަރުން ސްކޫލަށް ހާޒިރުވެ ކުދިންނާއި މުދައްރިސުންނާއެކު މާ ގިނަ ކަންތައްތައް ދަސްކުރާކަން ފާހަގަކުރައްވައި ކޮވިޑްގެ މާފިޔާ ވިޔަފާރީގެ ސަބަބުން ތައުލީމަށް އެޅޭ ހުރަސް ނައްތާލުމަށް އާޒިމް ގޮވާލެއްވިއެވެ.

މިހާރު މިއީ ނިއު ނޯމަލް ގައި އުޅެންޖެހޭ ދުވަސްވަރު ކަމަށާއި ރާއްޖޭގެ އާބާދީގެ 80 އިންސައްތަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާއިރު މިހާރު ބޫސްޓަރ ޑޯޒްވެސް ދެމުންދާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހާރު މާސްކް އެޅުން ހުއްޓާލާ ނިއު ނޯމަލްއެއްގައި އުޅެން ފަށަންވެއްޖެކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: