ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބ. ތުޅާދޫއާއެކު 34 ރަށެއް މޮނިޓަރިންގައި

އެންމެފަހުން މޮނިޓަރިންއަށް ގެނެވުނު ރަށަކީ ބ. ތުޅާދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ބ. ތުޅާދޫއާއެކު 34 ރަށެއް މޮނިޓަރިން ހާލަތަށް ގެނެވިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންމެ ފަހުން މޮނިޓަރިންއަށް ލާފައިވަނީ ބ. ތުޅާދޫއެވެ. ބ. ކެންދޫއާއި ރ. ކިނޮޅަސްވެސް މިހާރު ވަނީ މޮނިޓަރިން ހާލަތަށް ގެނެވިފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑްގެ ހާލަތު ގޯސްވެ ގިނަ އަދަދެއްގެ ރަށްތަކެއް އަންނަނީ މޮނިޓަރިންއަށް ލަމުންނެވެ. މިއަހަރު ފެށުނުފަހުން މޮނިޓަރިންއަށް ގިނަ ރަށްތަކެއް ލަމުންދާއިރު ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައިވެސް 19 ރަށެއް މޮނިޓަރިން ހާލަތަށް ވަނީ ގެނެސްފައެވެ.

ފާއިތުވި ހަފްތާ ތެރޭގައި މޮނިޓަރިންއަށް ލާފައިވާ ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ތ. ގުރައިދޫ، ބ. ގޮއިދޫ، ޅ. ކުރެންދޫ، ހދ. ކުޅުދުއްފުށި، ލ. ދަނބިދޫއާއި ހިތަދޫ، ށ. ކަނޑިތީމު، ވ. ކެޔޮދޫ، ނ ކުޑަފަރި އާއި މާޅެންދޫ، ގދ. ތިނަދޫ އާއި މަޑަވެލި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ އާއި ހުޅުދެލި ހިމެނެއެވެ. މީގެ އިތުރުން ގދ. ވާދޫ، ށ. މިލަންދޫ، ގއ. ކޮލަމާފުށި ހިމެނެއެވެ.

މިނޫނަސްވެސް ގިނަ ރަށްތަކެއް އަދިވެސް މޮނިޓަރިން ހާލަތުގައި އޮތްއިރު އެންމެ ގިނަ ދުވަސްތަކެއް ވަންދެން މޮނިޓަރިން ހާލަތުގައި މިހާރު އޮތީ ކ. މާފުށިއެވެ. މާފުށި މޮނިޓަރިން ހާލަތަށް ގެނައީ ހުސްވި ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެންމެ ފަހުން އިއްޔެ މޮނިޓަރިންއަށް ގެނެސްފައިވަނީ ނ. މާޅެންދޫއެވެ.

މާލެ ސިޓީ ފިޔަވައި އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް މިހާތަނަށް ފެނިފައިވަނީ އައްޑޫ ސިޓީއިންނެވެ. މިވަގުތު އައްޑޫ ސިޓީ މޮނިޓަރިން ހާލަތުގައި ނެތްނަމަވެސް، އައްޑޫ ސިޓީއިންވެސް އަނެއްކާވެސް ގިނަ އަދަދެއްގެ ކޭސްތަކެއް އަންނަނީ ފެންނަމުންނެވެ. އައްޑޫ ސިޓީއިން އިއްޔެ އެކަނިވެސް 118 ޕޮޒިޓިވް ކޭސްވަނީ ފެނިފައެވެ. އައްޑޫސިޓީގެ ވަކި ވަކި ރަށްތަކުގައި ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސްތަކެއް މިވަގުތުވެސް އެބައޮތެވެ. ހިތަދޫގައި 362 އެކްޓިވް ކޭސް، ފޭދޫއިން 135 އެކްޓިވް ކޭސް މިވަގުތުވެސް އެބައޮތެވެ. ދުވާލެއްގެ މައްޗަށް އެންމެ ގިނަ އެކްޓިވް ކޭސް ފެންނަމުންދަނީވެސް ހިތަދޫއިންނެވެ. އިއްޔެވެސް ހިތަދޫއިން އަލަށް 56 މީހުން ޕޮޒިޓިވްވިއެވެ.

މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް 36 އިންސައްތައިގައި ހުރިއިރު އިއްޔެ އެކަނިވެސް ރާއްޖެއިން 2838 ޕޮޒިޓީވް ކޭސްވަނީ ފެނިފައެވެ. މާލެ ސަރަހައްދުން 1295 ކޭސް ފެނިފައިވާއިރު އަތޮޅުތެރޭގެ ރަށްތަކުން 1066 ކޭސް ވަނީ ފެނިފައެވެ. އަދި އޮޕަރޭޝަނަލް ރިޒޯޓްތަކުން 49 މީހަކު ވަނީ ފެނިފައެވެ.

ރާއްޖޭގެ ކޮވިޑްގެ ޙާލަތު ދުވަހަކަށްވުރެ ދުވަހެއް އަންނަނީ ގޯސްވަމުންނެވެ. އެހެންނަމަވެސް، އެއްވެސް ހަރުކަށި ފިޔަވަޅެއް އަޅާފައި ނުވުމުގެ ސަބަބުން ކޭސްތަކުގެ އަދަދުތައް މިހާތަނަށް އައިއިރުވެސް ކޮންޓްރޯލްވެފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: