ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު 17،000އިން މަތީގައި!

ކޮވިޑްގެ ހާލަތު މިހާރު އަންނަނީ ރަނގަޅުވަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު 17،000އަށްވުރެ ގިނަ ކޭސް އޮތްކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިއްޔެ އާންމު ކުރި ކޮވިޑްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިވަގުތު ރާއްޖޭގައި އެކްޓިވް ކޭސްގެ ގޮތުގައި 17،770 ކޭސް އެބައޮތެވެ. އިއްޔެ އެކަނިވެސް ޖުމްލަ 2،754 މީހުން ބައްޔަށް އަލަށް ވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 1،407 މީހުންނަކީ މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. ރަށްތަކުން 962 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިޒޯޓްތަކުން 48 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިވަގުތު 63 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑްގެ ހާލަތު މިވަގުތު ރާއްޖޭގައި ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުން އަންނައިރު ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާއަށްވުރެ މިހާރު ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްކަން ފާހަގަކުރެވެއެވެ. ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 17،000އަށްވުރެ ގިނަ ކޭސް އޮތްއިރު ޗައިނާގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު އޮތީ 2000އަށްވުރެވެސް ދަށުގައެވެ. ބަލީގައި ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދުވެސް ޗައިނާގެ ޖުމްލަ އަދަދަށްވުރެ ރާއްޖޭގައި ގިނަކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި މިވަގުތު މޮނިޓަރިންގެ ހާލަތުގައިވެސް ގިނަ ރަށްތަކެއް އެބަހުއްޓެވެ. އިއްޔެ އަލަށް މޮނިޓަރިންއަށް ގެނެވުނު ރަށެއްގެ ގޮތުގައި ފާހަގަކުރެވެނީ ރ. އިނގުރައިދޫއެވެ. އިނގުރައިދޫއާއެކު ޖުމްލަ 35 ރަށެއް މިވަގުތު އޮތީ މޮނިޓަރިން ހާލަތުގައެވެ.

ގިނަ އަދަދައްގެ ބަޔަކު ބައްޔަށް ޕޮޒިޓިވް ވަމުން އަންނައިރު، ބައްޔަށް ޓެސްޓުކުރުމަށްފަހު ތިން ހަތަރު ދުވަސް ވާއިރުވެސް ނަތީޖާ ނުލިބޭކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އަދި ކަރަންޓީނުވުމާއި ގުޅިގެން އެޗްޕީއޭއިން ފޯރުކޮށްދޭެންޖެހޭ ލިޔެކިޔުންތައްވެސް މިހާރު ނުލިބޭތީ އެކަމުގެ ޝަކުވާވެސް ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.

ހާލަތު ގޯސްވެ މިވަގުތު ރެޑް އެލާޓުގައި އޮތް ނަމަވެސް، އެކަމާއި ގުޅިގެން އެއްވެސް ހަރުކަށި ފިޔަވަޅެއް މިހާތަނަށް އަޅާފައި ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: