ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާމްޕަލް ނެގުން މަދުވެ ކޮވިޑްގެ ކޭސްތަކުގެ އަދަދުތައް ދަށަށް

ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުން ފެންނަ ކޮވިޑްގެ ކޭސްތަކުގެ އަދަދު ދަށްވެ އިއްޔެ މާލެއިން ޕޮޒިޓިވްވެފައިވަނީ 517 މީހުންކަން އެޗްޕީއޭއިން ހާމަކޮށްފިއެވެ.

ކޮވިޑް19 ގެ ކޭސްތައް މިހާރު ދަށްވާކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ ސަބަބެއްގެ ގޮތުގައި ބެލެވެނީ ސާމްޕަލް ނަގާ މިންވަރު މަދުވުމެވެ. އިއްޔެގެ ތަފާސްހިސާބުތައް ދައްކާގޮތުން ނަގާފައިވާ ޖުމްލަ ސާމްޕަލްތަކުގެ އަދަދަކީ 5،343އެވެ. އަލަށް ރިޕޯޓް ކުރެވުނު 1576 ކޭސް ހިމެނޭއިރު މާލެ ސަރަހައްދުން އިއްޔެ އަލަށް ޕޮޒިޓިވްވެފައިވަނީ 517 މީހުންނެވެ. ޖުމްލަ އެކްޓިވް ކޭސްގެ ގޮތުގައި 16775 ކޭސް މިވަގުތު ވަނީ ރިކޯޑްކުރެވިފައެވެ.

އަތޮޅުތޭގެ ކޮވިޑްގެ ހާލަތަށް ބަލާލާއިރު މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 771 މީހުން އިއްޔެ އަލަށް ވަނީ ޕޮޒިޓިވްވެފައެވެ. ރިޒޯޓުތަކުން އިއްޔެ ޕޮޒިޓިވްވެފައިވަނީ 87 މީހުންނެވެ. މިހާތަނަށް މިބަލީގައި 284 މީހުން މަރުވެފައިވާއިރު ޅަ އުމުރުގެ ކުދިންނާއި ޒުވާނުންވެސް މިބަލީގައި މިފަހުން ރާއްޖޭގައި ވަނީ ނިޔާވެފައެވެ.

މާލެ ސިޓީ ފިޔަވައި ކޮވިޑް19 އަށް ރާއްޖެއިން އެންމެ ގިނައިން ޕޮޒިޓިވްވާ މީހުން މިހާތަނަށް ފެނިފައިވާ ސަރަހައްދު ކަމަށްވާ އައްޑޫ ސިޓީގެ ކޭސް ތަކަށް ބަލައިލާއިރު 121 މީހަކަށް އަލަށް ވަނީ މިބަލި ޖެހިފައެވެ.

އައްޑޫ ސިޓީގެ ރަށްތަކުގައި ކޮވިޑް ފެތުރޭ މިންވަރަށް ބަލާއިރު ޕޮޒިޓިވްވި މީހުން އެންމެ ގިނައީ ހިތަދޫގައެވެ. ހިތަދޫގައި މިވަގުތު އެކްޓިވް 331 ކޭސް އޮތްއިރު ފޭދޫގައި އެކްޓިވް 121 ކޭސް އެބައޮތެވެ. އަދި މިވަގުތު މަރަދޫގައި 83 އެކްޓިވް ކޭސްއޮތްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮވިޑް 19 އިން ދިފާއުވުމަށް ދެވޭ ވެކްސިންގެ ދެ ޑޯޒާއި ބޫސްޓަރ ޑޯޒް ހިމަނައިގެން އެޗްޕީއޭ އާއި ސަރުކާރުން އަންނަނީ މާލެއާއި އަތޮޅު ތެރޭގައި ވެކްސިން ދެމުންނެވެ. އެގޮތުން މިހާތަނަށް 394،804 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 370،161 މީހަކު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާއިރު 91،387 މީހަކު ބޫސްޓަރ ޑޯޒް ޖަހައިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: