ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ މިއަހަރުގެ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

ސްޕެއިންގައި ކުރިއަށްދާ ފެއަރގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟
2022 ވަނަ އަހަރުގެ ފުރަތަމަ ބާއްވާ ބައިނަލްއަޤްވާމީ ފެންވަރުގެ ފަތުރުވެރިކަމާ ގުޅުންހުރި އެންމެ ބޮޑު އެއް ފެއަރ ފިތުރު 2022 ގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ ވިޒިޓް މޯލްޑިވްސް) އަދި އިންޑަސްޓްރީގެ ޕާޓްނަރުން ރާއްޖެ އިސްތިހާރުކުރުމަށް ބައިވެރިވެއްޖެއެވެ.
މިފެއަރ ކުރިއަށް ދަނީ ސްޕެއިންގެ މެޑްރިޑްގައި ޖެނުއަރީ 19ވަނަ ދުވަހުން 23 ވަނަ ދުވަހާ ހަމައަށެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އެއްތަނަކުން ބައްދަލުކުރުމުގެ ފުރުސަތުދޭ މި ފެއަރ އަކީ ސްޕެއިންގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއް ހަރަކާތެވެ.
ފިތުރު 2022 އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޓްރެވަލް އެޖެންސީތަކާއި، ހޯލްސޭލާޒް، ޓުއަރ އޮޕަރޭޓަރުންނާއި، ހޮޓެލްތަކާއި، އެއަރލައިންތަކާއި ފަތުރުވެރިކަމުގެ ލަގްޒަރީ، ކަލްޗަރަލް އަދި އިންފްރަސްޓްރަކްޗަރއާ ގުޅުންހުރި ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން އެއްތަނަކުން ބައްދަލުކޮށް، ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދޭ ފެއަރއެކެވެ. މި ފެއަރގައި ސްޕެއިން އަދި ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ހިދުމަތްދޭ އަދި ހޯދާ ފަރާތްތަކުން ކުންފުނިތަކާއި، ފަތުރުވެރިން ބައިވެރިވާނެއެވެ. މި ފެއަރއަށް ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި 42،000 ވިޔަފާރިވެރިންގެ އިތުރުން ޢާންމުންގެ 20،000 މީހުން ޒިޔާރަތްކުރާނެކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން 33 ޤައުމަކުން 2،500 ޖާނަލިސްޓުން މި ފެއަރގެ ހަބަރާއި މަޢުލޫމާތު ފެތުރުމަށް މިތަނުގައި ހަރަކާތްތެރިވާނެއެވެ.
އެމްއެމްޕީއާރުސީއާއެކު މި ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 13 ކުންފުންޏަކުން ބައިވެރިވަމުން އެބަދެއެވެ. މިގޮތުން ބުކް މީ މޯލްޑިވްސް، އިންޓުއަރޒް މޯލްޑިވްސް، ލެޓްސް ގޯ މޯލްޑިވްސް، ޓްރެވަލް ކަނެކްޝަން، ސަން އޯޝަން، ޕާފެކްޓް ކޮލެޖް، ރޯމް މޯލްޑިވްސް، ލިލީ ހޮޓެލްސް، ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް، ބްރެނިއާ ކޮއްޓެފަ، ދަ ސްޓޭންޑަޑް ހުރަވަޅި މޯލްޑިވްސް، މެދުފުށި އައިލެންޑް ރިޒޯޓް އަދި ފިނޮޅު ބާ އެޓޯލް މޯލްޑިވްސް ދަނީ ބައިވެރިވަމުންނެވެ.
މި ފެއަރގައި ބައިވެރިވުމުގެ މަޤްސަދަކީ ރާއްޖެއަކީ ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި ބައިނަލްއަޤްވާމީ ފެންވަރުގައި މާކެޓްކުރުމެވެ. އަދި ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރުމެވެ. މި ފެއަރގައި ބައިވެރިވަމުން ދަނީ އެމްއެމްޕީއާރުސީއިން ސްޕެއިން މާކެޓަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށަންނެވެ. މި ސްޓްރެޓަޖީ ބިނާވެފައިވަނީ ސްޕެއިން އަދި ދުނިޔޭގެ އެހެން ޤައުމުތަކުން ރާއްޖެ އަންނަ
ފަތުރުވެރިންގެ އަދަދު އިތުރުކުރުކޮށް، މަންޒިލްގެ މަޤުބޫލުކަން އިތުރުކުރުމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމަތު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށެވެ. މީގެއިތުރުން ރާއްޖޭގެ ރަށްތަށް ގުދުރަތީ ގޮތުން އުފެދިފައިވަނީ ވަކިވަކިން ކަމުން، މިއީ ފަތުރުވެރިން ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްދޭ މަންޒިލެއްގެ ގޮތުގައި މި ފެއަރގެ ޒަރިއްޔާއިން އިޝްތިހާރުކުރެވޭނެއެވެ. އަދި ރާއްޖޭގެ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގެ މައުލޫމާތާއި، މި ތަންތަނުގައި އެޅިފައިވާ ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތައް މި ފެއަރގެ ޒަރިއްޔާއިން އިޝްތިހާރުކުރެވޭނެއެވެ.
ސްޕެއިން އަކީ 2021 ވަނަ އަހަރު ރާއްޖެއަށް 7 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. 2021 ވަނަ އަހަރުގެ ޑިސެންބަރު 29 ގެ ނިޔަލަށް ރާއްޖެއަށް 1،323،706 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން 37،186 ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ސްޕެއިނުންނެވެ. މިއީ އަހަރުގެ ޖުމްލަ އެރައިވަލްސްއަށް ބަލާއިރު 2.8 އިންސައްތައެވެ. މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ، އިތުރުކުރުމަށް އެމްއެމްޕީއާރުސީއިން 2021 ވަނީ ޓީވީ، ސޯޝަލް، ޑިޖިޓަލް މާކެޓިން ކެމްޕެއިންތަކާއި، ފެމިލިއަރައިޒޭޝަން ދަތުރުތައް ހިންގާފައިވާއިރު، ފިތުރު 2021 ފެއަރގައިވެސް ވަނީ ބައިވެރިވެފައެވެ. މި މާކެޓްގައި ރާއްޖޭގެ މަގްބޫލުކަން އިތުރުކުރުމަށް 2022 ވަނަ އަހަރުވެސް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެމްއެމްޕީއާރުސީއިން ވަނީ ނިންމާފައެވެ.
2021 ވަނަ އަހަރު އެކަނިވެސް އެމްއެމްޕީއާރުސީއިން ރާއްޖޭގެ މަޤުބޫލުކަން ބައިނަލްއަޤްވާމީ ފެންވަރުގައި ދަމަހައްޓައި އިތުރުކުރުމުގެ މަޤްސަދުގައި ވަނީ 22 މާކެޓަކަށް އަމާޒުކޮށް 260 އަށް ވުރެ ގިނަ ހަރަކާތް ހިންގާފައެވެ. މީގެތެރޭގައި އެކި ނޫސް، މަޖައްލާ، ޓީވީ އިންޓަރވިއުތަކާއި، މާކެޓިން ކެމްޕެއިންތަކުގެ އިތުރުން ވެބިނާ، ފެމިލިރަ ލުއިޒޭޝަން ދަތުރުތައް އަދި ފެއަރ އަދި އެގްޒިބިޝަންތަކުގައި ވަނީ ބައިވެރިވެފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، “ވޯލްޑް ޓްރެވަލް އެވޯރޑްސް” (ޑަބްލިއުޓީއޭ) 2021ގައި “ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން”ގެ ލަގަބު ޖެހިޖެހިގެން ދެފަހަރު ކާމިޔާބު ކުރެވުނުކަމެވެ. މިއީ މިއެވޯޑް ރާއްޖެއަށް ޖެހިޖެހިގެން ލިބުނު ދެވަނަ ފަހަރެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: