ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޑީކޭ ހޮސްޕިޓަލުގައި ބަލި މީހުންނަށް ޒިޔާރަތްކުރުން މަނާކޮށްފި

އޭޑީކޭ ހޮސްޕިޓަލުގެ ސްޓާފަކު ޑިސްއިންފެކްޓު ކުރުމުގައި ހަރަކާތްތެރިވަނީ/ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެ، އޭޑީކޭ ހޮސްޕިޓަލުގެ ބަލި މީހުންނަށް ޒިޔާރަތްކުރުން މަނާކޮށްފި އެވެ.

ބަޔާނެއް އާއްމުކޮށް އޭޑީކޭ ހޮސްޕިޓަލުން ބުނީ ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީ ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރި ކަމަށް ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާ ކަމަށެވެ. އަދި ހާލަތު ގޯސްވެފައިވާތީ، މިއަދުން ފެށިގެން އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭ މީހުން ކައިރިއަށް ޒިޔާރަތް ކުރުން މަނާކޮށްފައިވާކަމަށް ބަޔާނުގައި ވެއެވެ.

މި އުސޫލާއި އެކު އެޑްމިޓުކޮށްގެން ފަރުވާ ދޭ މީހުންގެ އެހީތެރިއެއްގެ ގޮތުގައި ހޮސްޕިޓަލުގެ ތެރޭގައި މަޑު ކުރެވޭނީ އެންމެ މީހަކަށެވެ. އަދި އެ މީހަކީ ކޮވިޑުގެ އެއްވެސް އަލާމާތެއް ނެތް މީހަކަށް ވާން ޖެހޭނެކަމަށް އޭޑީކޭ ހޮސްޕީޓަލުން ބުންޏެވެ.

މީގެ އިތުރުން އޭޑީކޭއިން ވަނީ ކޮންމެހެން ހޮސްޕިޓަލަށް އަންނަން ޖެހޭ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުމަށާއި، ގިނަ މީހުން އެއް ފަހަރާ ހޮސްޕިޓަލަށް ނައުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ބަލިވެގެން ޑޮކްޓަރަށް ދައްކަން އަންނައިރު އެހީތެރިއެއްގެ އިތުރުން އެހެން މީހުން ނައުމަށް ވެސް އެދުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: