ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއައްސަސާތަކުގެ ވިސްނުން ބައްޓަންކުރަންވީ ރަށުގެ އަމާންކަން ގާއިމްކުރުމަށް: އިމްރާން

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

މުއައްސަސާތަކުގެ ވިސްނުން ބައްޓަންކުރަންވީ ރަށުގެ އަމާންކަން ގާއިމްކުރުމަށްކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕޮލިސް ޑެސްކެއްގެ ގޮތުގައި ބުރުނީ ރައްޔިތުންނަށް ދެމުންދިޔަ ފުލުުހުންގެ ހިދުމަތް ޕޮލިސް ޕޯސްޓަކަށް ބަދަލުކޮށް ހިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ އިގްތިސާދީ ދުވެލި ހަރުދަނާކުރުމަށްޓަކައި ނުވަތަ ފުރިހަމަކޮށް އަަވަސް ކުރުމަށްޓަކައި އިގްތިސާދީ ގޮތުން ކުރަންހުރި ގިނަ މަސައްކަތްތައް ހޯދައި އޭގެ ނަފާ ފުރިހަމައަށް ލިބިގަތުމަށްޓަކައި ކުރެވޭ މަސައްކަތަށް އެންމެ މުހިންމު އެއް ކަމަށްކަށް ވެގެންދަނީ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުންކަމަށެވެ. އަދި ކުރެވޭ މަސައްކަތްތައް ފުރިހަމައަށް ހިމާޔަތްކުރެވި، ރައްޔިތުންނަށް ކުރެވޭ މަސައްކަތް ރައްކާތެރިކުރެވޭނެކަމުގެ ޔަގީންކަން ލިބިފައިއޮތުމަށާއި އެމަސައްކަތްތަކަށް ފުލުހުން ގާއިމްވެ ތިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

ފުލުހުން ގާއިމްކުރެވުމާއެކު، އެމަސައްކަތުގެ ފުރަތަމަ ބިންގާއެޅި މަސައްކަތް ފެށިގެންދިޔައީކަމަށާއި އެއަށްފަހު އެކަން ފުރިހަމަވެ ނަތީޖާހަމައަށް ދެވޭނީ އެރަށުގައި ގާއިމްވެތިބޭ ފުލުހުންނާއި ހާއްސަކޮށް، ކައުންސިލާއި މުއައްސަސާތަކާ ރައްޔިތުން ގުޅިގެންކުރެވޭ މަސައްކަތުގެ ތެރެއިންކަމަށް ވިދާޅުވިއެވެ. އަދި ކައުންސިލާއި މުއައްސަސާތަކާއި ރައްޔިތުންނާއެކު މަސައްކަތްކުރުމަށް ފުލުހުން އަޒުމްކަނޑައެޅުމަށް ވިދާޅުވިއެވެ. ހަމައެއާއެކު މުއައްސަސާތަކުގެ ވިސްނުން ބައްޓަންކުރަންވީ ރަށުގެ އަމާންކަން ގާއިމްކުރުމަށާއި ރައްޔިތުންނަށް ހިތްހަމަޖެހޭ ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ފުލުހުންނާއެކު މަސައްކަތްކޮށް،  ގާތް ގުޅުމެއް ބާއްވައި އެކުގައި މަސައްކަތްކުރުމުގެ މާހައުލެއް ގާއިމްކުރުމަށްކަމަށް ވިދާޅުވިއެވެ.

ބުރުނީ ޕޮލިސް ޑެސްކުގެ ހިދުމަތް ޕޮލިސް ޕޯސްޓަކަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ބުރުނީގައި ޕޮލިސް ޕޯސްޓެއް ގާއިމްކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރަށުގެ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުންކަމަށާއި ރަށަކީ އަމާން ސުލްހަވެރި ކުޑަ އާބާދީއެއް އޮތް، ކުށްމަދު ރަށަކަށް ވީނަމަވެސް، ކުށާއި ކުށުގެ ބިރުވެރިކަން އަތޮޅުތެރޭގެ ރަށްރަށަށް ފެތުރުމުގެ ކަންކަން ހިނގަމުންދާތީ ބުރުނީއަށްވެސް އޭގެ ނުރަނގަޅު އަސަރު ފޯރުން އެއީ ފުލުހުން އެކަމަށް ސަމާލުވާންޖެހޭކަމެއްކަމަށް ވިދާޅުވިއެވެ.

ހަަމައެއާއެކު، ރަށުގައި ހިނގާ ކުށްތަކާއި ރަށަށް ތައާރަފްވުމުގެ ފުރުސަތު އޮތް ކުށްތަކުން ރަށުގެ މުޖުތަމައު ސަލާމަތްކޮށް، ރައްކާތެރިކަން ގާއިމްކުރުމަށްޓަކައި ފުލުހުން ގާއިމްވެ ތިބުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ. އަދި ކުށްކުރާ ފަރާތްތައް ފުލުހުން ގާއިމްވެފައިނުވާ ރަށްރަށަށް އަބަދުވެސް ކަޅިއަޅަމުންދާކަމަށާއި ބުރުންޏަކީ އަތޮޅު ފެށޭ ހިސާބުގައި އޮތް ރަށަކަށްވުމުން އަތޮޅު ފެރީއާއި މާލެއިން ދަތުރުކުރާ ފެރީތައް ބަނދަރުކުރުން ގިިނަކަން ރަށެއްކަން ފާހަގަކުރައްވައި، ބުރުނީގައި ފުލުހުންގެ ޕޯސްޓެއް ހުޅުވިގެން ދިއުމާއެކު، މަސްތުވާތަކެއްޗާ ސީދާ އަދި ނުސީދާ ގޮތުން ގުޅުންހުރި މައްސަލަތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރަކަށް ވެގެންދާނެކަމަށް ޔަގީންކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ގެވެށިއަނިޔާއާއި ކުޑަކުދިންނާމެދު ކުރާ ކުށްތަކާއި އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވުމުގެ މައްސަލަތަކުގެ ސަބަބުން ނުކުންނަ އެތައް މައްސަލަތަކަށް ހައްލުހޯދުމަށް ފަސޭހަވެ، ޕެންޑަމިކް ފަދަ ކާރީޘާ ފަދަ ހާލަތްތަކުގައި ފުލުުހުންގެ އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އިތުރު ފަސޭހަތަކެއް ވެގެންދާނެކަމަށް ޔަގީންކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ޖިއޮގްރަފީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތާއި ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތަށްބަލާއިރު، ރާއްޖޭގައި ފުލުހުންގެ ހިދުމަތްދީ ތަރައްގީކުރުމުގައި ބޮޑެތި ދަތިތަކާއި ގޮންޖެހުންތަކެއް އެބަހުރިކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ހަ ޕްރައޯރިޓީގެ ތެރޭގައި އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް ގާއިމްވެފައިވާ ނިޒާމް ހަރުދަނާކުރުމަށް އިސްކަންދިނުމުގެ ގޮތުން ލޯކަލް ޕޮލިސިންގ ޕްރައޯރިޓީ ކަނޑައަޅާފައިވާކަމަށާއި އެޕްރައޯރިޓީ ކަނޑައަޅާފައިވަނީ އަތޮޅުތެރޭގައި ދެވޭ ފުލުހުންގެ ހިދުމަތަށް އިތުރު އަހައްމިއްތުކަމެއް ދިނުމުގެ މަގުސަދުގައިކަމަށް ވިދާޅުވިއެވެ. އަދި ބުރުނީގައި ހުޅުވިގެންދިޔަ ޕޮލިސް ޕޯސްޓާއެކު ވިލުފުށީ ޕޮލިސް ސްޓޭޝަނުން ފުލުހުން އައިސް ދެމުންއައި ފުލުހުންގެ ހިދުމަތް ނިމުމަކަށް އައިސް ބުރުނީ ރައްޔިތުންނަށް ހިދުމަތް ދެވިގެންދާނީ ރައްޔިތުންނާ ގާތުންކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ބުރުނީ ކައުންސިލްގެ ރައީސް އާދަމް މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ފުލުހުން ހިދުމަތް ގާއިމްކުރެވިގެންދާއިރު، ކައުންސިލުން އުއްމީދުކުރަނީ ފުލުހުންނާ ގުޅިގެން މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށާއި ބުރުންޏަކީ ގެސްޓް ހައުސް ވިޔާރި ކުރަމުންދާ ރަށެއްކަން ފާހަގަކުރައްވައި، އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ހާއްސަކޮށް ރައްޔިތުންނާ ގުޅިގެން ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ހިދުމަތެއްކަމަށާއި ބުރުނީގައި ގާއިމްކުރެވިގެންދިޔަ މި ހިދުމަތުގެ ތެރެއިން އެކަންކަން ކުރެވިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: