ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓްރީޓް ފުޑް ކޮންސެޕްޓްގެ ދަށުން ފުޑްކޯޓުތަކެއް އަޅަން ސިޓީ ކައުންސިލުން ލޯނެއް ނަގަނީ!

މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ސްޓްރީޓް ފުޓް ކޮންސެޕްޓުގެ ފުޑްކޯޓުތަކެއް އެޅުމަށް ލޯނެއް ނަގަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިގޮތަށް ނިންމާފައިވަނީ، ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަލަށް ގެންނަ ފުޑްކޯޓުތަކުގެ ސަބަބުން ވިޔަފާރިތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އަދި އާ ވިޔަފާރިތަކެއް ފަށަން ބޭނުންވެފައި ތިބި ޒުވާނުންނަށް ވެސް މިއީ ލިބޭ ކުރިއެރުމެއްގެ ގޮތުގައި ފާހަގަ ކުރެއްވި އެވެ. އެހެންވެ މި މަސް ނިމުމުގެ ކުރިން އެކަމަށް ބޭނުންވާ ހުއްދައާއި، ލޯނަށް އެދި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ފިނޭންސްއިން ދޭން ޖެހޭ ހުއްދަ ނުލިބިއްޖެ ހާލަތެއްގައި ސިޓީ ކައުންސިލްގެ ވިސްނުން ހުރީ، ފެބްރުއަރީ މަހު ބޭންކަށް ލޯނަށް އެދި ހުށަހެޅުމަށް ފަހު އޭޕްރިލް މަހުގެ ތެރޭގައި ކޮންޓްރެކްޓަރަކާއި ހަވާލު ކުރުމަށެވެ. ސިޓީ ކައުންސިލްގެ މަޝްވަރާތަކާއި، އަދި ޕްލޭންތަކާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ދާނަމަ އެންމެ ލަސްވެގެން ވެސް ސެޕްޓެމްބަރު މަހު ފުޑްކޯޓުތަކުން ހިދުމަތް ދެވޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވެރިރަށް މާލޭގައި ސްޓްރީޓް ފުޑް ކޮންސެޕްޓާއި އެއްގޮތް ފުޑްކޯޓުތަކެއް އެޅުމަކީ ކައުންސިލްގެ ސްޓްރެޓެކިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ޕްރޮޖެކްޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: