ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ކުރަން ދެން ގޮވަންފަށާނީ ރައީސް އޮފީސް ތެރެއިން: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އައުޓް ކުރުން ޤާނޫނަކުން މަނާ ކުރިޔަސް ރައްޔިތުން ހިމާޔާތްކުރާ ޤާނޫނު އަސާސީ އެއަށް ވުރެ ބާރުގަދަވާނެ ކަމަށާއި  ރައްޔިތުންގެ ހިތުގައި ޖަހާވިންދު އެއަށްވުރެ ގަދަވެ ޖަޒްބާތުގައި ޖެހުމުގެ ނަތީޖާ އެއްގެ ގޮތުން އެއަޑު  ދެން އިވެން ފަށާނީ ރައީސް އޮފީހާއި ސަރުކާރުގެ އޮފީސް ތަކުން  ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ  ޕީޕީއެމް ހަރުގޭގައި ބޭއްވި  ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިންޑިއާ އައުޓް ގޮވަނީ ޗައިނާ މީހުން މިރާއްޖޭގައި ތިބެގެން ކަމާއި އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވަނީ ހަމައެކަނި އެންމެ ހައެއްކަ ކުދިން ކަމަށް ބުނެ  މިސަރުކާރު އައިފަހުން ކެނޑިނޭޅި އިންޑިއާގެ ހަތަރު ނޫހެއްގައި ހަބަރު ލިޔަމުންދާ ކަމަށް ސައީދު ތުހުމަތު ކުރެއްވިއެވެ.

އިންޑިޔާ ސިފައިން ރާއްޖޭގައި ތިބެނީ އެމްޑީޕީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ހުޅުވުނު ކުޑަދޮރަކުން ލިބުނު ފުރުސަތެއްގައި ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިއުތިރާފް ވެވަޑައިގެންނެވި ކަމަށާއި އެކަމާއި ގުޅިގެން އިންޑިއާ ޑިޕްލޮމެޓުންނާއި އެކު ހެދުނު ސިއްރު އެއްބަސްވުންތަކެއްގެ ސަބަބުން ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވި ގޮތުގައި އިންޑިއާގެ ސަރުކާރަށް ދޭ އުޖޫރައެއްގެ ގޮތުން  ރާއްޖޭގެ 26  ސަރަހައްދެއްގައި  ރާޑަރު ސިސްޓަމް ބެހެއްޓުމާއި އަސްކަރީ ސިފައިން ބޭތިއްބުން ހިމެނޭކަމުގައެވެ. މިކަންކަމަކީ ގައުމު ދެކެ ލޯބިވާ ވެރިޔަކު ނުވަތަ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް އަނިޔާވެރިވުން ކަމުގައެވެ.

ގާނޫނު އަސާސީ އަކީ ކުޑަ ކެކުރިއަށް ކުޑަގޮތް ނުވަތަ ބޮޑު ކެކުރިއަށް ބޮޑު ގޮތް އޮންނަން ޖެހޭނެ އެއްޗެއް ނޫން ކަމުގައާއި ޤާނޫނު އަސާސީ އަށް ވުރެމަތީ އެކަކަށްވެސް ނުހުރެވޭނެ ކަމާއި ޤާނޫނު އަސާސީއަށް ބެލުމެއް ނެތި އިންޑިއާ ސަރުކާރަށް ބައިއަތު ހިފުމުގެ ގޮތުން ގޮތްނޭނގޭ އެއްބަސްވުންތަކެއްގައި ސޮއިކުރުމުގެ ސަބަބުން އެކަމުގެ ހުރިހާ ހިތާމައެއް އުފުލުމަށް ޖެހިފައި މިވަނީ ދިވެހި ރައްޔިތުންނަށް ކަމުގައި ވެސް ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: