ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަވައްޓެރި ގައުމުތަކަށް ކުރާ ފުރައްސާރަ ޖޭޕީން ބަލައިނުގަންނާނެ: އަލީ ސޯލިހު

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް:- ފޮޓޯ_ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ފަސް އަހަރަކީ މިރާއްޖޭގެ ހާރިޖީ ސިޔާސަތު އެންމެ ރަނގަޅުވެގެން ދިޔަ ފަސް އަހަރުކަމަށް ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހް ވިދާޅުވެއްޖެ އެވެ. އޭ

އޭނާ މިހެން ވިދާޅުވީ “ސަންގު ޓީވީ” ގެ ހަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ފެނިގެންދަނީ ދިވެހިރާއްޖެ ދުނިޔޭގައި ތަހުތުގައި އިންތަން ކަމަށާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އދގެ އާންމު މަޖިލީހުގެ ރައީސް ކަމުގައި ހުންނަވާ ރާއްޖޭގެ ރައްޔިތުންނަށް ކޮށްދެއްވާ އަގުހުރި މަސައްކަތްތައް ފާހަގަ ކުރައްވައި އަލީ ސޯލިހް ޝާހިދަށް ޝުކުރުއަދާކުރެއްވިއެވެ.

ހިޔާލު ތަފާތު ވުމަކީ މައްސަލައެއް ނޫން ކަމަށާއި ބިނާ ކުރަނިވި ފާޑު ކިޔުމަކީ ސިޔާސީ ގޮތުން އޮންނަކަމެއް ކަމުގައި އަލީ ސޯލިހު ވިދާޅުވިއެވެ. އަދި ދިވެހި ރާއްޖޭގައި މިވަގުތު ތިއްބެވި އެންމެ ހިޔާލުތަފާތު ހަތަރު ލީޑަރުން ތިއްބެވީ ކޯލިޝަން ހައްދަވައިގެން ވެރިކަމަށް އައިސްކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީ އަކީ ފާޑު ކިޔައިގެން ގޮސް އެކަމާއި ހިތް ހަމަ ނުޖެހިގެން ތިމަންނާ އަށް ވެރިކަން ލިބިއްޖެ ނަމަ ވަޒީފާ ދޭނީ ހަމައެކަނި އަމިއްލަ ޕާޓީ މެމްބަރުންނަށޭ ބުނެ ބަދަލުހިފުމުގެ ވާހަކަ ދައްކާނެ ބައެއް ނޫން ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.

އަދި މިސަރުކާރަކުން ސިޔާސީ މީހުންގެ މުދާ ފޭރި ގަނެ، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަން ކަމަށް ހުރަހެއްނާޅާކަމަށް އަލީ ސޯލިހް އިތުރަށް ވިދާޅުވިއެވެ.

ކުނޫޒްގައި ޖަލްސާ ބާއްވާތީ ކުރީގައި ހައުސިންގ މިނިސްޓަރު ކަމުގައި ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު އެކި ގޮތްގޮތުން އުނދަގޫތަކާއި ކުރިމަތި ކުރުވިކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ. އަދި 2013 އިން 2018 އަށް ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމަށް އޭރުގެ ސަރުކާރުން ދެމުންދިޔަ އަނިޔާ އާއި ކުރި ޖެއްސުން ދިވެހި ރައްޔިތުން އަދިވެސް ހަނދާން ނުނެތޭ ކަމުގައި އަލީ ސޯލީހް ވިދާޅުވިއެވެ.

ދޭދޭ ގައުމުތަކަށް ފުރައްސާރަކޮށް ފޮރިން ޕޮލިޓިކްސްގައި ޖެހިގަތުމަކީ ޖުމްހޫރީ ޕާޓީއިން އެއްގޮތަކަށްވެސް ތާއީދު ކުރާނެ ކަމެއްނޫން ކަމަށާއި އޭގެ ބަދަލުގައި ގައުމުތަކާއި ގުޅުން ގާއިމު ކުރުމަކީ އަބަދުވެސް ޖޭޕީއިން ތާއީދުކުރާ ކަމެއް ކަމުގައި އަލީ ވިދާޅުވިއެވެ.

ޤާސިމް އިބްރާހިމަކީ ގައުމީ މަސްލަހަތު ބޮޑު ބޭފުޅެއް ކަމަށާއި މިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އިންޗިއެއްހާ ހިސާބު ލޮޅުމެއް އެރުމަށް އެއްވެސް ފުރުސަތެއް ނުދެއްވާނެކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: