ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ވެރިކަމުގައި ލިބުނު އިގްތިސާދީ ކުރިއެރުމެއް ނެތް: ވައްޑޭ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ނިސްބަތުން ކޮވިޑް އެންމެ ރަނގަޅަށް މެނޭޖްކުރި ގައުމަކަށް ދިވެހިރާއްޖެ ވާނެ ކަމުގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ވަައްޑޭ މިހެން ވިދާޅުވީ، ރޭ އެ ޕާޓީން މ. ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަމުންނެވެ. ނިސްބަތުން ކޮވިޑް އެންމެ ރަނގަޅަށް މެނޭޖްކުރި ގައުމަކަށް ދިވެހިރާއްޖެ ވާނެ ކަމަށާއި އެކަމުގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަވާ އާދަޔާ ހިލާފު މަސައްކަތް ފާހަގަކޮށް އެމަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި ކޮވިޑްގެ ވެކްސިން ހިލޭ ސާބަހަށް އެންމެ ގިނަ ބަޔަކަށް ޖަހައިދިން ގައުމެއްގެ ގޮތުގައި ރާއްޖެ ހިމެނޭނެ ކަމުގައި ވައްޑެ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފުލުހުން މެދުވެރިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލައްގައްޔޫމް ހިންގާފައިވާ ލާއިންސާނީ އަނިޔާ ދިވެހި ރައްޔިތުން ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެކަމަށް ވައްޑޭ ވިދާޅުވި އެވެ. އެ ވެރިކަމުން ރާއްޖެއަށް ލިބުނު އެއްވެސް އިގްތިސާދީ ކުރިއެރުމެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވައްޑެ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ސަރުކާރު ހިންގެވީ ލޯނު ނަގައިގެންނެވެ.

މީގެ ކުރިން ސިޔާސީ ހަރަކާތްތައް ހިންގުމުން، އެކަމަށް ހުރަސް އެޅުމަށް ޕެޕާ ސްޕްރޭ ޖަހައި މުގުރުން ޖެހިޔަސް މިއަދު އެފަދަ އެއްވެސް ކަމެއް ނުހިނގާކަން ފާހަގަކޮށް ވައްޑެ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ސިޔާސީ ސުލްހަވެރި ހަރަކާތްތައް ހިންގުމަށް ޖާގަ ދޭނެ ކަމަށެވެ. ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ އިންތިހާބު މިހާ ފޯރިއާއި އެކު ކުރިޔަށްދާ އެންމެ ބޮޑު ސަބަބަކީ އެއީކަމަށް ވައްޑެ ވިދާޅުވި އެވެ.

ވައްޑެ ވިދާޅުވީ ކޮވިޑު-19 ގެ ސަބަބުން ކުރިމަތިވި އެތައް މާލީ ގެއްލުންތަކާއި އެކު ވެސް، ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަދުވެގެން ދެ ޕްރޮޖެކްޓު ކުރިޔަށް ނުދާ އެއްވެސް ރަަށެއް ނެތްކަމަށާއި، މި ސަރުކާރުން އަވަދިނެތި މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށް ހިންގަން ޖެހޭ މަޝްރޫއުތައް ހިންގުމާއި ރައްޔިތުންނަށް އަސާސީ ހިދުމަތް ކުރުމަށް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ގެނެސްދިން ހެޔޮ ބަދަލު މުޅި ގައުމު ބަލައިގަންނަކަމަށާއި އިންކަމް ސަޕޯޓު އެލަވެންސާއި، މިނިމިމަމް ވޭޖު އަދި ނާސްތާ ޕްރޮގްރާމާއި، ވިހެއުމަށް ފަހު ދޭ ޗުއްޓީފަދަ ދިޔާސަތަކީ ސަރުކާރަކުން ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރާކަމުގެ ހެއްކެއްކަމަށް ވައްޑެ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: