ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ އިންޖީނުގެތަކުގައި އިއާދަކުރުވަނިވި ހަކަތަ!

ޝެއާރކޮށްލާ ކަހަލަދޯ؟

އިއާދަކުރުވަނިވި ހަކަތަ ދެމެހެއްޓުމުގެގޮތުން ފެނަކައިން އެކުންފުނީގެ ދަށުން ހިދުމަތްދެމުންގެންދާ ނ. ލަންދޫ އިންޖީނުގޭގެ ފުރާޅުގައި  28 ކިލޯ ހޯސްޕަވަރގެ ސޯލާ ޕެނަލް އެއް ހަރުކޮށްފިއެވެ.

އަދި އެ ސޯލާޕެނަލްގެ އެހީގައި އެރަށުގެ އިންޖީނުގޭގެ ކަރަންޓުގެ ގޮތުގައި ބޭނުން ކުރާނީ ސޯލާ ހަކަތަކަމުގައެވެ.

ފެނަކައިން ބުނި ގޮތުގައި މިއީ އެކުންފުނީގެ ފަރާތުން ސޯލާ ހަކަތަ ބޭނުން ކުރުމަށް މުޅިން އަލަށް ފަރުމާކުރެވިފައިވާ އިންޖީނުގެ އެކެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ކަރަންޓުގެ އަގު ހެޔޮކުރުމަށް ކުރާ މަސައްކަތުގެ އިތުރުން، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަކީ ސަރުކާރުގެ އަމާޒުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އެ އަމާޒުތަށް ހާސިލްކުރުމަށް ފެނަކައިން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްގެން މުޅިން އަލަށް މިނިސްޓްރީން ފެނަކަ ކޯޕަރޭވަނާއި އެކީގައި މިފަށާ ހޯމް ސޯލާ މެދުވެރިކޮށް ވަކިވަކި ގޭބިސީތަކުގެ ފުރާޅުތަކުގައި ސޯލާ ޕީވީ ހަރުކުރުމަށް މަގުފަހި ވެގެން ދިއުމަކީ ދިވެިހިރާއްޖެއަށް ދިމާވެފައިވާ ތެލަށް ބަރޯސާ ވުމުގެ މައްސަލައަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކާއި ހައްލެއް ކަމަށް އެންވައިރޮމެންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: