ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީ އަންހެނަކަށް ފިރިމީހާ ދިން އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

ޖިންސީ އަނިޔާ އާއި ދެކޮޅަށް މާލޭގައި ބޭއްވި ހިގާލުމުގެ ތެރެއިން -- ފޮޓޯ :/ ވީ ނިއުސް- ޝުރާއު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގެއެއްގައި ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ ދިން އަނިޔާތަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާ ދޭން ފަށައިފިއެވެ.

ބިދޭސީ އަންހެނަކަށް އަނިޔާ ދިނުމުގެ ސަބަބުން ފުލުހުން އެގެއިން ނެރެގެން އޭނާ ގެންދާ މަންޒަރު އާންމުވާ ވީޑިޔޯއެއް ވަނީ ދައުރުވާން ފަށާފައެވެ. ވީޑިޔޯއިން ފެންނަ ގޮތުގައި އަންހެން މީހާގެ ގައިން ގިނަ އަދަދަކަށް ވަނީ ލޭ އައިސްފައެވެ.

މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މާލޭގެ ގެއެއްގައި ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ ގެވެށި އަނިޔާކޮށްފައިވާކަމުގެ މައްސަލައެއް މިއަދު ހެނދުނު 6:20 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެއަންހެން މީހާއަށް މިވަގުތު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަނިޔާދިން ކަމަށް ބުނާ ފިރިހެން މީހާއަކީވެސް ބިދޭސީއެއް ކަމަށް ފުލުހުން ބުނެއެވެ.

މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: