ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެން މީހާއަށް ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި

ފޮޓޯ: އާކައިވް.. ފުލުހުންގެ މައި އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު މާލޭގައި ބިދޭސީ އަންހެނަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި އޭނާގެ ފިރިމީހާ ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މާލޭގެ ގެއެއްގައި ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ ގެވެށި އަނިޔާކޮށްފައިވާ ކަމުގެ މައްސަލައެއް މިއަދު ހެނދުނު 6:20ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން 37 އަހަރުގެ އިންޑިއާ ފިރިހެނަކު ހައްޔަރު ކޮށްފައިވާކަމަށެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބުނެފައިވަނީ، މިހާތަނަށް ބެލިބެލުމުން ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ދެ މީހުންވެސް ޒަހަމްވެފައިވާއިރު ބޮޑެތި ޒަހަމްތަކެއް ލިބިފައިވަނީ އަންހެން މީހާއަށް ކަމަށެވެ. އަދި އަންހެން މީހާއަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށެވެ.

މިމައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: