ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުފަލާއި އެކު ރިޔާސީ ބަޔާން ބަލައިގަންނަން: އެމްޓީޑީ

އެމްޓީޑީން ރިޔާސީ ބަޔާނަށް މަރުހަބާ ކިއުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާން ބަލައިގަންނަކަމަށް މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އިން ހާމަކުރައްވައިފިއެވެ.

އެމްޓީޑީ އިން ބުނީ ރައީސް ސޯލިހުގެ އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން ބަލައިގަންނަނީ އުފަލާއިއެކު ކަމުގައެވެ.

އަދި މިއަދު ހުރިހާ ދިވެހި ރައްޔިތުން ދެއްވި އުފާވެރިކަމަށް ޝުކުރުވެރިވާ ކަމަށާއި ނަމަވެސް ހިތާމައަކީ އަޑުއަހައި ހަޖަމުކުރުމުގެ ޤާބިލްކަން ހުރި ހަރުދަނާ ސިޔާސީ ޕާޓީއެއް މުޖްތަމައުގައި ނެތުން ކަމަށް އެމްޓީޑީން ބުންޏެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ރިޔާސީ ބަޔާން އިއްވުމަށް ބޭއްވުމުނު ޖަލްސާ އަށް ހާޟިރުވެފައި ނުވާއިރު ޕީޕީއެމްވަނީ ޖަލްސާގައި ބައިވެރި ނުވާނެކަން ހާމަކޮށް ޖަލްސާ ބޮއިކަޓްކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައިވާ ގޮތުން އެޕާޓީގެ ރައީސް އަބްދުﷲ ޔާމީނަށް އަމާޒުކޮށް ސަރުކާރުން އަންނަނީ ދުއްތުރާ ކުރަމުން ކަމަށާއި  އެމަނިކުފާނުގެ ޝަރީއަތް ސަރުކާރުން ބޭނުންވާ ގޮތަކަށް ގެންދާކަމަށާއި މިނިވަން މުއައްސަސާތައް ޕެރެލައިޒް ކޮށްލާފައި ކަމުގައެވެ.

އަދި ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ގުޅިގެން  އެންޓި ކަރަޕްޝަން ކޮމިޝަން ވަނީ  ހައިޖެކްކޮށް ގާނޫނީ ހުސްކަމެއްގެ ތެރެއަށް ވައްޓާލައިފާ ކަމުގައެވެ. އަދި މިސަރުކާރުން އިންޑިއާ އާއި އެކު ހަދާފައިވާ ގޮތްނޭނގޭ  އެއްބަސްވުމުގެ ސަބަބުން ގައުމުގެ މިނިވަން ކަމަށް ހުރަސްއެޅޭކަމަށް ވެސް ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: