ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ފިކުރަށް ތާއީދުކޮށް ވޯޓު ދެއްވާ: ރައީސް ސޯލިހު

ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ފިކުރު ދެމިއޮތްހައި ހިނދަކު އެފިކުރަށް ތާއީދު ކޮށްދެއްވައި ޕާޓީއަށް ވޯޓު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.

ރިޔާސީ ބަޔާނަށް ފަހު މިއަދު މެންދުރުފަހު ށ. ކޮމަންޑޫއަށް ވަޑައިގެން އެރަށުގައި ކުރިއަށް ދިޔަ ކެމްޕެއިން ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ވަނީ ރިޔާސީ ބަޔާނުގައި ވީ ވައުދުތައް ފުއްދުމުގައި ދެމިތިބޭނެ ކަމަށާއި އެއީ ހަމަ ހުރެފައި ބުނެލި ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ކޮމަންޑޫ ދާއިރާއަށް ސަރުކާރުން ވީ ވަޢުދުތަކާއި އެޖެންޑާ 19ގެ ދަށުން ވެފައިވާ ވަޢުދުތައް ދަނީ ފުރާ ފުރިހަމަ ވަމުން ކަމަށާއި ދާއިރާ ތަރައްޤީ ވެގެންދަނީ އެދާއިރާގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން ދެކޮމަންޑޫ ގުޅާލުމާއި، ބަނދަރު އަޕްގްރޭޑް ކުރުމާއި ނަރުދަމާ އާއި ފެނުގެ ހިދުމަތާއި ބަނދަރާއި ސިއްހީ ހިދުމަތް އަޕްގްރޭޑް ކުރުމާއި އައިސް ޕްލާންޓް ގާއިމް ކުރުމަކީ ކޮމަންޑުއަށް ސަރުކާރުން ކޮށްދޭން ވެފައިވާ ވަޢުދުތައް ކަމުގައި ވިދާޅުވިއެވެ. އަދި ތަރައްޤީ ގެ މަޝްރޫއުތައް އަވަސް ކުރުމަށް ސަރުކާރަށް ވޯޓްދިނުމަށް ރައީސް ގޮވާލެއްވިއެވެ.

ދެކޮމަންޑޫ ގުޅާލުމަކީ ރައްޔިތުން މިވަގުތަށް އެންމެ ބޭނުންވާ މަޝްރޫއު ކަމުގައި ވާތީ އެކަން އަވަސްކުރީ ކަމުގައި ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެހެން ހުރިހާ ވިސްނުމެއް ދޫކޮށް ސަރުކާރަށް ވޯޓް ދެއްވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ރިޔާސީ ބަޔާނުގައި ހިމެނޭ ޓީޗަރުންގެ މުސާރައަށް އައި ހެޔޮ ބަދަލު ރައްޔިތުންނަށް ތަފްސީލް ކޮށްދެއްްވަމުން ރައީސް ވިދާޅުވީ އަލަށް ބޮޑުކުރެވޭ ޓީޗަރުންގެ މުސާރައިގެ ގޮތުގައި 12،000 ރުފިޔާ ލިބޭ ޓީޗަރަށް19،000 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި  21،000 ރުފިޔާ ލިބޭ ޕްރިންސިޕަލަކަށް  32،000 ރުފިޔާ ލިބޭނެ ކަމަށާއި 14،000 ރުފިޔާ ލިބޭ ޕްރިންސިޕަލަށް 22،000 ރުފިޔާ ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިގެނެވޭ ބަދަލުގެ ސަބަބުން 13،200 އަށްވުރެ ގިނަ ޓީޗަރުންނަށް މިކަމުގެ ހެޔޮ އަސަރުކުރާނެކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ ވާހަކައަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެކަންކަންވުން އަވަސްވުމަށް ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: