ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމަށް ސަރުކާރުން ކުރި ހަރަދެއް ފެންނަން ނެތް: ސައީދު

މުހައްމަދު ސައީދު... ފޮޓޯ:މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމަށް ގިނަ ވައުދުތަކެއް ވެ، ދާއިރާއަށް ހަރުދަތަކެއް ކުރިކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ހަރަދުތައް ފެންނަން ނެތްކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ވޭތުވެ ދިޔަ 15 އަހަރުން މަސްވެރިންނަށް އެންމެ ބޮޑު ފައިދާއެއް ކުރީ މިދިޔަ ތިން އަހަރުކަމަށް ރައީސް ވިދާޅުވި ވާހަކައަށް ރައްދު ދެއްވައި ސައީދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ އާއި، މަސްވެރިކަމަކީ ވެރިއަކު ދުވަހަކު ނެތަސް ކުރިއަށް ދާނެ ދެ ސިނާއަތް ކަމަށެވެ. މިފްކޯއަށް ރިކޯޑު އަދަދަކަށް މަސް ކިރުނުކަމަށް ރައީސް ވިދާޅުވީތީ، ސައީދު ވަނީ މަސްވެރިކަން ކުރަނީ ދިވެހި އާއިލާތަކުންކަމަށާއި، އެކަމާއި ސަރުކާރަކާއި ގުޅުމެއް ނެތްކަމަށް ބުނެ ފާޑުވިދާޅުވެފަ އެވެ.

ސައީދު ވިދާޅުވީ މަސްވެރިކަމަށް ނިކުންނަނީ ދައުލަތުގެ ތިން ބާރުން ބައިތަކަށް ބަހާލައިގެން ނޫންކަމަށާއި، ރިޒްގު ދެއްވަނީ މާތްﷲ ކަމަށެވެ.

ކޮވިޑު-19 ގެ ހާލަތުގެ ތެރެއިން ގިނަ ޒުވާނުންގެ ވަޒީފާތައް ގެއްލިގެން ދިއުމުން، އެ ޒުވާނުން ކަންނެލި މަހަށް ނިކުތްކަން ސައީދު ފާހަގަ ކުރެއްވި އެވެ. މަސްވެރިންނަށް ދޭން ޖެހޭ ހަމައަގުގެ ވާހަކަތައް ހުއްޓުމެއް ނެތި ސަރުކާރުން ދެއްކި ނަމަވެސް މިހާތަނަށް، މަހުގެ ހަމައަގަކީ ކޮބައިކަން ނޭނގޭކަމަށް ސައީދު ވިދާޅުވި އެވެ.

މަސްވެރިންނަށް ދޭން ޖެހޭ ހަމައަގާއި ގުޅޭގޮތުން ވާޖަކަ ދެއްކެވެމުން އެކަން ކަނޑައަޅުއްވާނީ، ދުނިޔޭގެ ބާޒާރުގައި އޭރަކު ހުންނަ މަހުގެ އަގަށް އަންނަ ބަދަލަށް ބަލައިކަމަށް ރައިސް ސޯލިހް 2022 ގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

މަހުގެ އަގަކީ ދުނިޔޭގެ ބާޒާރުގަ އެއްވެސް ވަރަކަށް އުފުލިގެން ނުދާނެ އަދި ވިޔަފާރިވެރިން އެކަމާއި ކަންބޮޑުވެގެން ދަައްކާއުޅޭ ވާހަކައެއް ނޫންކަމަށާއި، މަހުގެ އަގުތައް ކަނޑައެޅުމުގައި އެންމެ ބޮޑު އިސްރޯލެއް އަދާކުރަނީ ތައިލޭންޑު ފަދަ ގައުމުތައްކަމަށް ސައީދު ވިދާޅުވި އެވެ. ރާއްޖެއިން ބޭރު ކުރާ މަސްތައް ބޭރުގެ އެހެން ގައުމުތަކުން، “ޓޫނާ ކޭން” ގެ ނަމުގައި އެ ބަންދުކޮއްގެން ވިއްކަމުންދާކަން ސައީދު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައުމަށ ރައްޔިތުންނަށް ހިޔާލީ ވާހަކަތަކެއް ކިޔައިދިނީ، ގޭ ދޮށު މަސްފެކްޓްރީ އާއި ކަންނެލި ޖަގަހަތަކާއި އަދި އެ ނޫންވެސ ނަންނަމުގައިކަމަށް ބުނެ އެމްޑީޕީގެ މެނިފެސްޓޯއަށް ސައީދު ފާޑުވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ހއ. އަދި ހދ ހިސާބުގަ 10،000 އަކަފޫޓްގެ އޮފްޝޯ ޕްލެޓް ފޯމްތަކެއް އަޅާފައިވާއިރު މަސްވެރިންނަށް ބޭނުންވާ އައިސް އެތަނުން ލިބެން ހުންނާނެކަމަށެވެ.

ސައީދު ވިދާޅުވީ މަސްވެރިކަމަށް ކުރި ހަރަދުތަކުގެ ވާހަކަތައް އެމްޑީޕީން ދައްކާއިރު، ކުރި ހަރަދެއް ވެސް ފެންނާން ނެތް ކަމަށެވެ. އަދި މިފްކޯ އެސްޓީއޯއިން ވަކި ކުރުން އެއީ މެގަ ޕްރޮޖެކްޓެއް ނޫންކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: