ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން މަރޮށީގައި ހިންގެވި މެގަ ޕްރޮޖެކްޓަކީ ބަށިކޯޓެއް އެޅުން: ރައީސް ނަޝީދު

އެމްޑީޕީން ބޭއްވި ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަހަކަ ދައްކަވަނީ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެމަނިކުފާނުގެ ވެރިކަމުގައި މަރޮށީގައި ހިންގެވި މެގަ ޕްރޮޖެކްޓަކީ ބަށި ކޯޓެއްކަމަށާއި ދާއިރާއަށް ވަޑައިގަތަސް އުޅުއްވާނީ ރައްޔިތުންނާއި އެކަހެރިކޮށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ މަރޮށީގައި އޮތް ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަމަވަމުންނެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި ކޮންމެ އިންތިހާބަކީ ރައްޔިތުން ތިބިގޮތް ހާމަވެގެންދާ އިންތިހާބެއް ކަމަށާއި އެގޮތުން މި އިންތިހާބުގައި މަރޮށީގެ ރައްޔިތުން ތިބީ އެމްޑީޕީ އާއި އެކުކަން ފެނިގެންދާނެ ކަމުގައެވެ.

ވެރިންނަށް ސަނާކިޔައި ވެރިންދެކެ ރައްޔިތުން ބިރުގަނެގެން އުޅުނު ހުދުމުހުތާރު ވެރިކަން މާޒީއާއި އެކުވެ ގޮސްފައިވާ ކަމަށާއި ނަމަވެސް މިއަދު ރައްޔިތުން އެދެނީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ރައްޔިތުންގެ އުންމީދުތައް ހަގީގަތަށް ހަދައިދިނުމަށްކަމަށްވާއިރު، އެމްޑީޕީގެ އަމާޒަކީ އެއީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބާރުތައް މަރުކަޒުކޮށް ރައްޔިތުންނާއި އެކަހެރި ވެރިކަމެއް ކުރުމުގެ ސަގާފަތް އުވިގެން ގޮސްފައިވާކަމަށާއި އަބަދުވެސް އެމަނިކުފާނާއި އެމްޑީޕީން ވަކާލާތު ކުރަމުން އަންނަނީ ރާއްޖޭގެ ރަށްތައް ލާމަރުކަޒުކުރުމަށް ކަމަށެވެ. އެހެންކަމުން އެ ފުރުސަތު ސަރުކާރަށް ފަހިކޮށްދިމުމަށް އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް ވޯޓް ދެއްވުމަށް ގޮވާލެއްވިއެވެ.

ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމުގައި މި ސަރުކާރު ދެމި އޮންނާނެކަމަށް ވިދާޅުވަމުން ބޯހިޔާވަހިކަމާއި، މިނިމަމް ވޭޖާއި، މަހުގެ ހަމަ އަގު ރައްޔިތުންނަށް ހޯދައިދިނުން ފަދަ ކަންކަން ހާސިލުކުރުމަށް އެމްޑީޕ އަށް ވޯޓް ދިނުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.

ކުރީގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ވިސްނުމުގައި ހުރީ ރައްޔިތުން ބާކީކޮށް އެކަހެރިކޮށް ތިބެ ވެރިކަމެއްކުރުން ކަމަށާއި ނަމަވެސް ރިޔާސީ ނިޒާމެއް ރައްޔިތުން ހޯދީ އެ ނިޒާމްގެ ތެރެއިން ރައްޔިތުންގެ ގާތަށް ގިނަގިނައިން އައިސް ކެމްޕޭނުކޮށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ކަމަށާއި އެއީ އެމަނިކުފާނާއި އެމްޑީޕީން އެދޭ ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: