ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުގެ ރައްދު: ޕްލޭނެއް ނެތް، ގިރާވަރު ފަޅަކީ މިއިން ދުވަހަކުވެސް ހިއްކޭނެ ތަނެއް ނޫން!

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ގޯތި މުއްސަނދިންނަށް ވިއްކަން ނިންމާފައި ވާއިރު މާލޭގެ ނިކަމެތިންނަށް ގޯތި ލިބޭނެ އެއްވެސް ގޮތެއް ހަަމަޖެހިފައި ނެތްކަމަށް މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ވައުދުވީ ނަމަވެސް، މިހާތަނަށް ގޯތި ދޫކުރުން ފަދަކަމެއް ކުރިޔަށް ނުގެންދާތީ ސަރުކާރަށް ބަހުގެ ހަމަލާތައް ވަނީ އަމާޒުވެފަ އެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުއްވައިދެއްވައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގޯތި ދޫކުރުމަށް އިއުލާނު ކުރައްވާފަ އެވެ.

ރިޔާސީ ބަޔާނުގައި ބޯހިޔާވަހިކަމާއި ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކައަށް ރައްދު ދެއްވައި މީޑިއާއަކަށް ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ ރަށްވެހިންނަކީ ގޯތި ގެދޮރުގެ ދަތިކަން އިންތިހާއަށް ކުރިމަތިލާން ޖެހިފައިވާ ބައެއް ކަމަށެވެ. ރައީސްގެ ވާހަކަފުޅުން މިކަމުގެ ސީރިއަސްކަން އެއްވެސް މިންވަރަކުން ފެނިގެން ނުދިޔަކަމަށާއި، އަދި ރައްޔިތުންގެ އެންމެ ހައްސާސް މައްސަލައިގައި، ރައްޔިތުންގެ ނުތަނަވަސްކަމަށް އެއްވެސް ގޮތަކަށް ޖަވާބު ނުދެވޭކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލެއިން ދޫކުރުމަށް އިއުލާނު ކުރި 1،000 ގޯއްޗާއި، ގުޅިފަޅުން 2،000 ގޯތި ދޫކުރުމަށް ނިންމެވުމާއި އެކު ދެން ސަރުކާރުން ދެއްކެވީ އެއްވެސް ވަރަކަށް ހިއްކުމާއި ހަމައަށް ދާން ގާތްވެސް ނުވާ މާދުރުގައި އޮތް ގިރާވަރުފަޅުން ގޯތި ދޫކުރަންކަމަށްވާއިރު އެކަމުގައި ސަރުކާރުން ގެންގުޅޭ ޕްލޭނާއި މެދު ޑރ. މުއިއްޒު ސުވާލު އުފެއްދެވި އެވެ. މިއީ ތިން އަހަރުގެ ނަތީޖާއަށް ބަލައި، އެއްވެސް އުންމީދެއް ނެތް ވާހަކަތަކެއްގެ ގޮތުގައި ސިފަ ކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމަށް ބޭނުންވަނީ ދެތިން ހާސް ރައްޔިތުން ނޫން ކަމަށެވެ.

މާލޭގައި ގޯއްޗަށް ބޭނުން ޖެހިފައިވާ 40،000 އެއްހާ ރައްޔިތުން ތިބިއިރު، ގިރާވަރުފަޅު ހިއްކައި ގޯތި ދޫކުރުން އެއީ މިއިން ދުވަހަކު ވެސް ކުރެވޭނެ ކަމެއް ނޫންކަމަށް ޑރ. މުއިއްޒު ސިފަ ކުރެއްވި އެވެ.

ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެއީ އެއްވެސް އުންމީދެއް ނެތް ވާހަކަތަކެކެވެ.

ޑރ. މުއިއްޒު ވިދާޅުވީ ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީ އެއީ އެމްޑީޕީގެ ޖަގަހައެއްގެ ގޮތުގައި ހަދައި ގޯތި ދޫކުރުމަކީ ގާނޫނާއި ހިލާފު އަމަލުތަކެއް ކަމަށެވެ. އިހުލާސްތެރިކަމެއް އޮތްކަމަށް ގަބޫލު ކުރެވޭނީ އެކަމުގައި ސިޓީ ކައުންސިލްގެ ބައިވެރިވުން ހިމެނުމުންކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހިން މިހާރު ވެސް މަދުވެގެން 4،000 ގޯތި ދޫކުރެވެން އެބައޮތެވެ. އަދި ގުޅީފަޅުން 10،000 ގޯއްޗާއި، ހުޅުމާލެއިން 15،000 ފްލެޓު އަދި، ގުޅީފަޅުން 25،000 ފުލެޓު ދެވެން އެބައޮތް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ގޯތި ދޫކުރުމާއި، ފްލެޓުތައް ދޫކުރުމާއި ގުޅޭގޮތުން ސަރުކާރުން ދައްކާ ވާހަކަތައް އެއީ، ރައްޔިތުންގެ ލޮލުގައި އަޅުވާލާ އަނދުނެއްގެ ގޮތުގައި ސިފަ ކުރައްވަައި ޑރ. މުއިއްޒު ވިދާޅުވީ އެއްވެސް ޕްލޭނެއް އެކުލަވާލުމެއް ނެތި ދައްކަވާ މިފަދަ ވާހަކަތައް އެއީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: