ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަލޮޅުން މިއަދު ދެ ގަޑިއިރަށް ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯ އިމާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

ގަލޮޅުގެ ބައެއް ސަރަހައްދުތަކުން މިއަދު މެންްދުރުފަހު 2:00 އިން ހަވީރު 4:00 އަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއްގެ ސަބަބުން ގަލޮޅު، ފާށަނާ ކިލެގެ މަގާއި، މަޖީދީމަގު އަދި ބޮޑުރަސްގެފާނު މަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށެވެ.

ދެ ގަޑިއިރަށް ކަރަންޓް ކެނޑިދާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް ވީހާވެސް އަވަހަށް މަސައްކަތް ނިންމައި ކަރަންޓުދޭން މަސައްކަތް ކުރާނެ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.

އަދި ކަރަންޓު ކެނޑުމުގެ ސަބަބުން އެ ސަރަހައްދުގެ މީހުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: