ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޫކުރާ 1000 ސްލޮޓްއިން ޕާކިން މައްސަލައަށް ހައްލެއް އަންނާނެ: ސިޓީ ކައުންސިލް

މާލޭގައި ގާއިމުކޮށްފައިވާ ޕާކިން ޒޯނެއް: ފޮޓޯ/ ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތަރު ފުރޮޅުލީ އެއްގަމުއުޅަނދު ޕާކުކުރުމަށް 1000 ސްލޮޓް ދޫކުރުމަށް މާލެސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލުން ބުނި ގޮތުގައި މި ނިންމުމުގެ ސަބަބުން މާލޭގައި އިންތިހާއަށް މައްސަލަ ބޮޑުވެފައިވާ ޕާކިންގެ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށެވެ.

ކައުންސިލުން ބުނީ ޕާކިން ސްލޮޓަށް އެދެވޭނީ އެކަމަށް ހާއްސަ އޮންލައިން ޕޯޓަލް އަކުން ކަމަށެވެ. އަދި އެޕްލިކޭޝަނާއި އެކު ހުށައަޅާ ލިޔެކިއުންތައް ވެރިފައި ކުރުމަށްފަހު އެއްބަސްވުން އޮންލައިންކޮށް ބަނޑޭރި ޕޯޓަލްއިން ފައިސާ ދައްކާ ކުރާ ގޮތަށް ހެދިގެންދާނެކަމުގައެވެ. އަދި ޕާކިން ޒޯންތައް ބޭނުންވާ ތަންތަނާއި ބޭނުންވާ ސްލޮޓްތައް ވެސް އޮންލައިންކޮށް ނަމްބަރު ތަރުތީބުން އިހްތިޔާރު ކުރެވޭނެކަމަށާއި އެ މީހަކު ހިޔާރުކުރާ ޕާކިންގ ސްލޮޓަށް ބަލައި އެކަން ހަމަޖެހިގެންދާނެ ކަމުގައެވެ.

ޕާކިން ސްލޮޓްތަކުގެ 25 އިންސައްތަ ހާއްސަ ކުރާނީ ޓެކްސީތަކަށް ކަމަށަށް ކައުންސިލުން މައުލޫމާތު ދެއެވެ. އެއީ 250 ސްލޮޓްކަމަށާއި އެ ސްލޮޓްތައް ކުރަހާނީ 20 ފޫޓަށް ވުރެ ފުޅާ މަގުތަކުގެ ތެރެއިން ސައިކަލު ޒޯނަކަށް ނާރާގޮތަށް ޓްރެފިކަށް ބާރު ބޮޑުނުވާ ތަންތަނުގައި ކަމަށް ކައުންސިލުން ބުންޏެވެ. މީގެ ތެރޭގައި ކާނިވާ ސަރަހައްދު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އެފަދަ ތަނެއްގައި އެއްވެސް ސަބަބަކާއިހުރެ (ޑެވެލޮޕްމަންޓް މަޝްރޫއެއްފަދަ) ސްލޮޓްގެ ލޮކޭޝަން ބަދަލު ކުރަން ޖެހިއްޖެނަމަ އެކަން ހަމަޖެހޭނެކަމަށް ވެސް އެކައުންސިލުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ބުނިގޮތުގައި މި ހިދުމަތުގެ ސަބަބުން 80،000 ރުފިޔާއަށް ބޮޑުއަގުދީ ގަންނަ ގަރާޖު ސިޓީ ގަންނަނަށް މަޖުބޫރު ކުރުވި ކުރުން ނިމުމަކަށް އަންނާނެ އެވެ.

ޕާކިން ޖާގަ ވިއްކަން ނިންމީ ގުރުއަތު ނަގައިގެން ޕާކިން ޖާގަ ކުއްޔަށް ދޫކުރަން މާލެ ސިޓީ ކައުންސިލުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމުމަށްފަހު އެވެ. އޭރު 211 ޕާކިން ޖާގައަކަށް ގުރުއަތު ނަގާފައި ވަނިކޮށް އަލުން ގުރުއަތު ނަގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ލަފާދީފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: