ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަބުރު ކޮނެގެން ޕާކިން މައްސަލަ ހައްލެއް ނުވާނެ: އަލީ އާޒިމް

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ޕާކިންގް މައްސަލަ ހައްލު ކުރެއްވުމަށް، ސަހަރާތައް ކޮނެ، ގަބުރުތައް ނަގަމުންދާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު މެދު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ދަތުރުފަތުރުގެ ނިޒާމަށް ލުއިތައްކެ ގެނައުމައްޓަކައި، މިނީ ބަހުގެ ހިދުމަތް ތާއާރަފްކޮށްފައިވާ ދަނޑިވަޅެއްގައި، ބަސްތައް ދުއްވުމަށް މަގުތަކުގައި ޖާގަހެދުމަށް ޕާކިންގް މައްސަލަތައް ހައްލުކުރަމަށް ގެންގުޅުއްވާ އުސޫލުތަކަށް އިޝާރާތްކުރައްވާ، މޭޔަރު މުއިއްޒުއަށް ފާޑުވިދާޅުވަމުން، އާޒިމް ވިދާޅުވީ، މާލޭގެ ސަހަރާތައް ކޮނެ، އެ ތަންތަނުގައި ތިބި ގަބުރުތައް ނެގުމަކުން، މާލޭގެ ޕާކިންގް މައްސަލައަކަށް ހައްލެއް ނާންނާނެކަމަށެވެ.

އާޒިމް ވިދާޅުވީ، މުއިއްޒު ކުރައްވާމުންދާ މަސައްކަތުން، މާލޭގެ ރަށްވެހިންނަށް ލުއިފަސޭހަތަކެއް ލިބުމުގެ ބަދަލުގައި ކުރިމަތިވަނީ ދަތިތަކެއް ކަމަށެވެ. އަދި ލުއިތަކެއް ލިބިގެންދާނީ، ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާގޮތަށް ވެހިކަލް ކެރީއިން ކެޕޭސިޓީ ކަނޑައަޅަން ސިޓީ ކައުންސިލަށް ކެރުނު އިރަކުންކަމަށްވެސް އެނާ ވިދާޅުވިއެވެ.

މާލޭގެ ޕާކިންގް މައްސަލަތައް ހަލު ކުރުމަށް މޭޔަރު މުއިއްޒު ކުރައްވާ މަސައްކަތްތަކަށް އާޒިމްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ފުލުހުންގެ މުއައްސަސާއިންވަނީ، މިނީ ބަސްތަކުގެ ހިދުމަތްތަކަށް ފުރިހަމަ ކަމެއް ގެނައުމުގެ މަގުސަދުގައި، ބައެއް ސަރަހައްދުތަކުގެ ޕާކު ކުރުން މަނާކޮށްފައިވާކަމަށް އިއުލާނުކޮށްފައެވެ. އެގޮތުން، ގަވައިދާއި ހިލާފުވާގޮތަށް ޕާކު ކޮށްފައިވާ އުޅަނދުތަކުގައި ސްޓިކާޖަހާނެކަމަށާއި، އެ ވަރުން ހައްލު ނުވެއްޖެ ނަމަ، ޓޯވެސް ކުރާނެކަމަށް ފުލުހުންވަނީ އިއުލާނުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: