ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދައަށް މާލެއާއި ވިލިމާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާހަރުކުރަނީ

ރޯދަމަހަށް މާލޭގެ މިސްކިތަތަކުގައި ކެމެރާ ހަރުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރޯދަމަސް ފެށުމުގެ ކުރިއަށް މާލޭ އާއި ވިލިމާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް ނިމޭނެކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ކުރައްވާފައިވާ ޓްވީޓްގައި ވާގޮތުން މާލެ އާއި ވިލިމާލެ މިސްކިތްތަކުގައި މިވަގުތު ކެމެރާ ހަރުކުރެވެމުން ދާކަމަށާއި އަންނަ ރޯދަމަސް ފެށެންވާއިރަށް އެމަސައްކަތް ކޮށް ނިމޭނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ ސިޓީ ކައުންސިލުން މާލެ ސަރަަަހައްދުގެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހުޅުމާލެ އާއި ވިލިމާލެ އާއި މާލެ ހިމެނޭ ގޮތަށް މިސްކިތްތަކުގެ ފާރުގައި ކުލަލުމާއި ފަންކާ ހަރުކުރުމާއި މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ ކޮށްފައެވެ.

މިފަހަކަށް އައިސް މިސްކިތްތަކުގައި ބައެއް މީހުން ނިދުމާއި ކެއިން ބުއިމުގެ އިތުރުން މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އަމަލުތައް ދޭތެރެ ދޭތެެރެއިން ހިންގަމުން އަންނައިރު މިދިޔަ އަހަރުގެ ތެރޭގައި އިސްލާމީ މަރުކަޒުގައި ނަމާދުކުރަން ތިއްބާ އިމާމުގެ ކުރިމައްޗަށް މީހަކު ކުޑަކަމުގޮސްފައިވާ ކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: