ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމަށް ސަރުކާރުން ދިން އެއްޗެއް ނެތް، ދާއިރާގެ ލޯބި އަބަދުވެސް ގާސިމަށް އޮވޭ: އަލީ ސޯލިހް

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް:- ފޮޓޯ_ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް ސަރުކާރުން ހަރަދެއް ކޮށްފާނުވާކަމަށް ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާރސަން އަލީ ސޯލިހް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަލީ ސޯލިހް ވަނީީ ކެމްޕެއިން ދުވަސްވަރު ސަރުކާރުން ބަދަލުގެ ގޮތުގައި ގާސިމަށް ފައިސާ ދީފައިވާކަމަށް ބުނާ ބުނުން  ދޮގުކުރައްވާފައެވެ.

ފާޑުކިޔުންތަކާއި ގުޅޭގޮތުން ކުރި ސުވާލުތަކުގެ ޖަވާބުގައި އަލީ ސޯލިހު ވިދާޅުވީ ށ އަތޮޅަކީ ޤާސިމްގެ ވިޔަފާރި އޮތް އަތޮޅެއްކަމަށެވެ. އެހެންކަމުން ވަރަށް ކުރިން ފެށިގެން ގާސިމްގެ ސަޕޯޓަރުން ތިއްބަވާ ކަމަށާއި ޤާސިމް އެ އަތޮޅަށް ވަޑައިގެންނެވީ ކެމްޕެއިނަށް ނޫންކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީ އަކީ ރިޝްވަތުދީގެން ކުރިއެރުން ހޯދާނެ ޕާޓީއެއް ނޫންކަމަށްވެސް އަލީ ސޯލިހް ވިދާޅުވިއެވެ. އަދި ޕާޓީގެ ވެރިޔާ ޤާސިމްއަކ،ީ އެކި ގޮތްގޮތުން މީހުންނަށް އެހީތެރިކަމާއި، އޯގާތެރިކަން ދިނުމުގެ ސަބަބުން އެކި ރަށްތަކުގެ މީހުންގެ ލޯބި އަބަދުވެސް ލިބިލިބި ހުރި ބޭފުޅެއްކަމަށްވެސް ވިދާޅުވިއެވެ. އެހެންވުމާއެކު، ޤާސިމް ކުރައްވާ ކެމްޕެއިންއަކަށް ސަރުކާރުން ހަރަދުނުކުރި ކަމުގައިވިޔަސް ށ އަތޮޅުގެ ރައްޔިތުންގެ ލޯބި ލިބޭހެން ވޯޓްވެސް ހިލޭ ލިބޭނެކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

“ޖުމްހޫރީ ޕާޓީއަކީ ރިޝްވަތު ދީގެން ކުރި ހޯދާނެ ޕާޓީއެއް ނޫން” އަލީ ސޯލިހު

އިންތިހާބާއި ދިމާކޮށް އިދިކޮޅު ޕާޓީގެ މެމްބަރުން ޖެއްސެވި ހިސާބުތަކަށް އަލިއަޅުއްވާލައްވައި އަލީ ސޯލިހު ވިދާޅުވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޖަހާފައިވަނީ ނުބައި ހިސާބެއްކަމަށެވެ. އަދި ސަރުކާރު ކޯލިޝަންގެ ޕާޓީތަކާއި ނުވަތަ ސަރުކާރާއި ގުޅުވައި ދެކެވޭ ވާހަކަތަކުގެ ތެދު ދޮގު މީޑީޔާތަކުން ބެލުމަށްފަހު އާންމުންނާއި ހަމައަށް ގެންނަންޖެހޭކަމަށްވެސް ވިދާޅުވިއެވެ. ހަބަރު ފަތުރާ އެކި ވަސީލަތްތަކުންވެސް ރައްޔިތުން ރުޅިއަރުވަން ނޫނީ ބައި ބައި ކޮށްލުމަށް އަލިފާނަށް ޕެޓްރޯލް އަޅާ ހުޅު ރޯކުރާ އުސޫލު ނައްތާލަން ވެއްޖެކަމަށްވެސް ވިދާޅުވިއެވެ. އަދި ސަރުކާރު ބަދުނާމުވާ ގޮތަށް ދޮގު މައުލޫމާތުތައް ފެތުރުމަށް ހިންގާ މީޑިޔާތަކުން އެކުރަނީ ޕާޓީ ވިޔަފާރިކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކެމްޕެއިނަށް ގާސިމް އެދާއިރާއަށް ވަޑައިގެންނެވީ ބަދަލުގެ ފައިސާ ދިނުމަށް ނިންމާފައިވާތީކަމަށް ބައެއް މީޑިޔާތަކުން ވަނީ ތުހުމަތުކޮށްފައެވެ. އަދި ފާއިތުވި ދުވަސްތަކުގައި ކޮވިޑްގެ ހާލަތުގެ ސަބަބުންކަމަށް ބުނެ މަޖިލީހަށް ހާޒިރުނުވެ ހުރުމަށްފަހު ދާއިރާގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: