ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިއުޕޯޓްއަކީ ސިޓީ ކައުންސިލްގެ ތަނެއް: ނަރީޝް

ޝެއާރކޮށްލާ ކަހަލަދޯ؟

ނިއުޕޯޓްއަކީ ސިޓީ ކައުންސިލްގެ ތަނެއްކަމަށް ބުނެ އެބިން ދައުލަތާއި ހަވާލުކުރުމަށް ސިޓީ ކައުންސިލްއިން ދެކޮޅު ހަދާކަމަށް ބުނެދެކެވޭ ވާހަކަތަކަށް މާލެ ސިޓީގެ ޑެޕިޔުޓީ މޭޔަރ އަހުމަދު ނަރީޝް ރައްދުދެއްވައިފިއެވެ.

ބްރިޖް ވިއު ފްލެޓުފޯމާ އެކު ހިންގަމުން ދިޔަ ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހުސްކޮށް، އެ ބިން ދައުލަތަށް ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.

ނަރީޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނިއުޕޯޓްއަކީ ސިޓީ ކައުންސިލްގެ ތަނެއްކަމަށެވެ .އަދި އެ ތަނުން ކުލީ ގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ހޯދަން މީރާއިން އަންގަނީ މާލެ ސިޓީ ކައުންސިލަށް ކަންވެސް ނަރީޝް ފާހަގަކުރެއްވިއެވެ. ނަރީޝް ވިދާޅުވީ ނިއު ޕޯޓްވިއު އެއީ ސިޓީ ކައުންސިލްގެ ތަނަކަށް ނުވާނަމަ، އެ ތަނުގެ ކުލި ނުލިބިގެން މީރާއިން މާލެ ސިޓީ ކައުންސިލަށް އަންގަން ނުޖެހޭނެ ކަމަށެވެ.

ސްޓްރާޑާ ކުންފުނިން ހިންގާ ނިއުޕޯޓްގެ ބިން ދައުލަތައް ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް ދަމަހައްޓަން ހައި ކޯޓުން އަމުރުކޮށްފައިވަނީ ނިމިދިޔަ 2021 އޮކްޓޯބަރ 11 ގަ އެވެ. 2016 ވަނަ އަހަރުގެ ސަރުކާރުގައި އެތަން ސްޓްރާޑާ ކުންފުންޏާއި ހަވާލުކޮށްފައިވަނީ އެތަނުގައި ބްރިޖް ބަލާ ޕްލެޓްފޯމެއް ތަރަށްޤީ ކުރުމަށެވެ. އަދި އެތަނުގައި ފުޓްބޯލް ދަނޑަކާއި ރެސްޓޯރަންޓެއް ހެދުމަށެވެ.

ޕީޕީއެމް ކައުންސިލްކަން ކުރެއްވި ޒާހިދު ނަސީމްގެ ހިއްސާ އޮންނަ ސްޓްރާޑާއާ އެކު ހެދި އެއްބަސްވުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އިތުރުކޮށްފައެވެ. ނަމަވެސް އެތަން ހުސްކުރުމަށް ސަރުކާރުން ވަނީ އެކުންފުންޏަށް އަންގާފައެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ ނިއު ޕޯޓްވިއު ރެސްޓޯރަންޓް ހިމެނޭ ސަރަހައްދަކީ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ބިންތަކުގެ ތެރެއިން ބިމެއްނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: