ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ޕާކިން އިމާރާތް ތަކެއް އަޅަނީ

ސޯސަން މަގުގައި ހުންނަ ޕާކިންގ ޒޯން/ ފޮޓޯ:- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ފަސް ސަރަހައްދެއްގައި ޕާކިން އިމާރާތްތަކެއް އެޅުމަށް ނިންމާފައިވާ ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގައި ޕާކިން އިމާރާތްތަކެއް އަޅަން މަސައްކަތްކުރަން މާލެ ސިޓީ ކައުންސިލްގެ އެކްޝަން ޕްލޭންގައި ފާހަގަ ކޮށްފައި ވާނެކަން މުއިއްޒު ފާހަގަކުރެއްވިއެވެ. އެކަމަކީ ވަރަށް ބޮޑު ހަރަދެއް ހިނގާ މަސައްކަތެއް ކަމުގައިވެސް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން އެމަސައްކަތުގެ ޕްލޭން ފާއިތުވެދިޔަ އަށް މަސް ތެރޭގައި ކުރެވިފައިވާ ކަމަށާއި، އަދި އެމަސައްކަތް ކުރުމަށް އިއްޔެ ބޭއްވި ސިޓީ ކައުންސިލް ބައްދަލުވުމުގައި ފާސްކުރެވިފައިވާކަމަށްވެސް ވިދާޅުވިއެވެ. އަދި  މަޝްރޫއާއި ގުޅޭ އިމާރާތްތައް އެޅުމުގެ މަސައްކަތާއި ގުޅޭ އިއުލާން ވަރަށް އަވަހަށް ކުރެވިގެންދާނެކަމުގައިވެސް މޭޔަރު ވިދާޅުވިއެވެ. އެފަދަ ބޮޑު މަޝްރޫއެއް ހިންގުމަކީ ސިޓީ ކައުންސިލްގެ ބަޖެޓުން ކުރެވޭނެ ކަމަކަށް ނުވާތީ، އެމަސައްކަތް ކުރުމަށް އިސްވެސްޓަރުން ހޯދައިގެން ޕަބްލިކް/ޕްރައިވެޓް ޕާޓްނާޝިޕް މޮޑެލްގެ ދަށުން ކުރުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

މާލޭގެ ޕާކިން އާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ  މާލޭގެ ބިން ސިޓީ ކައުންސިލަށް ނުވިއްކޭނެ ކަމަށް ބުނެ ބަޔާނެއް އާންމު ކޮށްފައެވެ. އަދި އެކަމަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވީ އުޅެނީ ބިން ވިއްކަން ނޫން ކަމަށާއި ޕާކް ކުރާނެ ޖާގަ ކުއްޔަށް ދޫކުރަން ކަމުގައެވެ.

މާލޭގައި ޕާކިން ޖާގަ ވިއްކުމާއި ގުޅޭގޮތުން މުއިއްޒު ވިދާޅުވީ މާލޭގައި އޮތް ޕާކިން މައްސަލަ ދޫކޮށްލާފައި ބޭއްވުމަކީ ޒިންމާދާރު ގޮތެއް ކަމުގައި ނުދެކޭ ކަމަށާއި އެހެން ކަމުން ޕާކިން އިމާރާތްތައް އެޅުމުގެ ކުރިން ޕާކް ކުރާނެ ޖާގަތައް ވިއްކުމަށް ހުޅުވާލި ކަމުގައެވެ. އަދި މުސްތަގުބަލުގައި އެ ޕާކިން ޖާގަތައް ބަދަލުވެގެންދާނީ އަލަށް އިމާރާތްކުރެވޭ ޕާކިން އިމާރާތްތަކުގެ ތެރެއަށް ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: