ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗެއަރޕާސަންގެ އިންތިހާބު އޭޕްރީލް 16 ގައި, ކޮންގްރެސް އޮގްސްޓް 4 ގައި

އެމްޑިޕީއިން ބޭއްވި ބޮޑު އެއްވުމުެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އޭޕްރިލް 16 ގައި އަދި ޕާޓީގެ ކޮންގްރެސް އޮގަސްޓް 4 ގައި ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިއްތިފާގުން މިރޭ ފާސްކޮށްފި އެވެ.

އޭޕްރިލް 16 ގައި ޗެއާޕާސަންގެ އިންތިހާބާއި އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ބާއްވަން އެމްޑީޕީން ވަނީ ނިންމާފައެވެ. އިތުރު އިންތިހާބްތަކަށް ހުޅުވާލާނީ މި މަހުގެ 15 ގައެވެ.

އޮގަސްޓް 4 ގައި ބާއްވާ ކޮންގްރެސްގައި އޮންނާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމާ މެދު ގޮތެއް ނިންމުމެވެ. މީގެ އިތުރުން ޕާލިމެންޓްރީ ގްރޫޕުގެ އިންތިހާބު މި މަހުގެ 18 ގައި ބާއްވަން ވަނީ ފާސްކޮށްފަ އެވެ. އެ އިންތިހާބަށް ހުޅުވާލީ މިރޭ ކުރިއަށް ދާ އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.

މި ގޮތަށް ހުށަހެޅުއްވީ އެމްޑީޕީގެ މާލޭ ސިޓީގެ ރައީސް ސިފާ މުހައްމަދެވެ. ތާއީދުކުރެއްވީ ގަމު ދާއިރާގެ މެމްބަރު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށްވެސް ވަނީ މީގެކުރިން މިރެއަށް ތާވަލްކޮށްފައެވެ. ނަމަވެސް މިރޭގެ ޖަލްސާގައި ރިޔާސީ ޕްރައިމަރީގެ ތާރީޚާއި ގުޅޭ ބަހުސް ކުރިއަށް ގެންގޮސްފައިނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: