ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް ރަށެއްގައި ހައުސިން ޔުނިޓު އެޅުމަށް އިއުލާންކޮށްފި

ނައިފަރުގައި ގާއިމްކޮށް ނިންމާފައިވާ ހައުސިން ޔުނިޓުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަސް ރަށެއްގައި ހައުސިން ޔުނިޓު އެޅުމަށް ފިނޭންސް މިނިސްޓްރީއިން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން ހައުސިން ޔުނިޓު އެޅުމަށް އިއުލާންކޮށްފައިވާ ފަސް ރަށަކީ ނ. ހޮޅުދޫ، ހދ. ކުޅުދުއްފުށި، ގއ. ވިލިގިލި، ލ. ގަން  އަދި ށ. މިލަންދޫއެވެ. ފިނޭންސް މިނިސްޓްރީއިން އިއުލާންކޮށްފައިވަނީ ކުޅުދުއްފުށިގައި 400 ހައުސިން ޔުނިޓު، ގަމުގައި 100 ހައުސިން ޔުނިޓު، މިލަންދޫ އަދި ވިލިގިލިގައި 50 ހައުސިން ޔުނިޓު، ހޮޅުދޫގައި 30 ހައުސިން ޔުނިޓު އެޅުމަށެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ މިބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ”އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު“ގައިވާ ގޮތުގެމަތިން ރަޖިސްޓަރވާ ފަރާތްތަކަށެވެ. އަދި މިބީލަމުގައި ބައިވެރިވެވޭނީ މިރަޖިސްޓަރގެ ވަކި ކެޓަގަރީތަކަކަށް ޝަރުތުހަމަވާ ފަރާތްތަކަކަށްކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެއެވެ.

މިބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން ރީފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. މިފައިސާ ބަލައިގަންނާނީ 13 ފެބްރުއަރީއިން ފެށިގެން މާޗް ފުރަތަމަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00އިން 14:00އަށް މިނިސްޓްރީގެ އޮންލައިން ޕޯޓަލް – ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ.

އެކި ރަށްތަކުގެ ހައުސިން ޔުނިޓުތަކަށް ބިޑް ސެކިޔުރިޓީގެ ގޮތުގައި ދައްކަންޖެހެނީ އެކި މިންވަރެވެ. ގަމުގައި އަޅާ ހައުސިން ޔުނިޓުތަކުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 510،000 (ފަސްލައްކަ ދިހަހާސް) ރުފިޔާ ހުށައަޅަންޖެހޭއިރު، ކުޅުދުއްފުށިގައި އަޅާ ހައުސިން ޔުނިޓުތަކުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި  2،100،000 (ދެމިލިއަން އެއްލައްކަ) ރުފިޔާ ހުށައަޅަންޖެހެއެވެ. ވިލިގިލީގައި އަޅާ ހައުސިން ޔުނިޓުތަކުގެ ބޮޑް ސެކިޔުރިޓީގެ ގޮތުގައި ހުށައަޅަންޖެހެނީ 254،000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއެވެ. ހޮޅުދޫގައި އަޅާ ހައުސިން ޔުނިޓުތަކުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 153،000 (އެއްލައްކަ ފަންސާސް ތިންހާސް)ރުފިޔާ ހުށައަޅަންޖެހެއެވެ.

ބިޑް ސެކިޔުރިޓީގެ ގޮތުގައި ދިވެހި ފައިސާއިންވެސް އަދި އެމިންވަރަށްވާ ޑޮލަރުންވެސް ދެއްކޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާލާ ތާރީހުން ފެށިގެން 148 ދުވަހެވެ. މިފަސް މަޝްރޫއުގެ ބިޑް ހުށައެޅުންވެސް އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ 11:00ގައެވެ.

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި މިކަމުގައި އަތޮޅުތެރެއާއި މާލެ ސަރަހައްދަށް ނިސްބަތްވާ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަނީ ފާހަގަކުރައްވަމުންނެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ބޯހިޔާވަހިކަމާއި ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫޢުގެ ދަށުން ޖުމްލަ 2,180 ގެދޮރުގެ މަސައްކަތް، އެކި މަރުޙަލާގައި މިހާރުވެސް ކުރިއަށްދާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ގެދޮރުވެރިޔާ ލޯނުގެ ގޮތުގައި 82 މީހަކަށް 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ. ހުސްވި އަހަރުގެ ތެރޭގައި އިއުލާންކުރި 5000 ހައުސިން ޔުނިޓުގެ މަސައްކަތް މިވަގުތު ހުޅުމާލޭގައި ފަށައިގެން ކުރިއަށްދާކަންވެސް ފާހަގަކުރެއްވިއެވެ. އަދި އިތުރު 2,000 ހައުސިންގ ޔުނިޓުގެ މަސައްކަތް މިއަހަރު ހުޅުމާލެގައި ފަށާނެކަންވަނީ އިއުލާންކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: