ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުނިތަކުގެ އެމްޑީއިން އުޅެނީ ރައީސްއަށް ތިއްތި ދެއްކެން: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ކުްނފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން އުޅެނީ ރައީސުލްޖުމްހޫރިއްޔާއަށް ތިއްތި ދެއްކެންކަަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެމްބަރު ޝިޔާމް މިހެން ވިދާޅުވީ ސަރުކާރު ކުންފުނިތަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުތައް ލަސްކަމަށް ވިދާޅުވެ މަކުނުދޫ ދާއިރާގެ މެމްބަރު އަހުމަދު ރާއީ ޓުވީޓުކުރެއްވުމުންނެވެ. މެމްބަރު ރާއީ ކުރެއްވި ޓުވީޓު ޓުވީޓު ރީޓުވީޓުކުރައްވާ ޝިޔާމް ވިދާޅުވީ މިސަރުކާރަކީ ލަސް ސަރުކާރެއް ކަމަށެވެ.

ޝިޔާމް ވިދާޅުވީ މިސަރުކާރަކީ ”ސްލޯ“ ސަރުކާރެއްކަމަށް ފާހަގަކުރަމުންދަނީ ޖޯކަކަށް ނޫންކަމަށެވެ. ކުންފުނިތަކުގެ މަސައްކަތް ހުރީ ފުނިޖެހިފައި ކަމަށާއި ސަރުކާރުގެ ކުންފުނިތަކަކީ ކޮރަޕްޝަން ހާލިތަކެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ސަރުކާރު ކުންފުނިތައް ބަނގުރޫޓޫވެގެންދާއިރު ކުންފުނިތަކުގެ ވެރިންގެ މޫނުމަތި ވަރަށް އުޖާލާކަމަށާއި ކުންފުނިތަކުގެ ވެރިން އުޅެނީ ރައީސްއަށް ތިއްތި ދެއްކެންކަމަށް ޝިޔާމް ވިދާޅުވިއެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު ރާއީ ވަނީ ސަރުކާރު ކުންފުނިތަކުގެ މަސައްކަތް ލަސްކަން ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ބައެއް ދާއިރާތަކުގެ މަސައްކަތްތައް ސަރުކާރުން ކުންފުނިތަކުން ކުރިއަށްގެންދަނީ ފިނިހަކަ ސްޕީޑުގައިކަމަށް ވިދާޅުވިއެވެ. އަދި އަބަދު މަންމަނަކަށް ވެގެން ނުހުރެވޭނެކަމަށް ވިދާޅުވެ މަސައްކަތްތައް ހުއްޓިފައިވާކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ރާއީ ވިދާޅުވީ ކޮންޓްރެކް ކުރެވިފައިވާ މުއްދަތު ފަހަނަ އަޅާ، ގިނަ މަސައްކަތްތައް ވަނީ ހުއްޓިފައި ނުވަތަ ނޫނީ ވާނުވާގައި ކަމަށެވެ. އަދި ކޮންޓްރެކްޓް ކުރެވޭ ގޮތުން ދެން ހެދޭނެ ގޮތެއްވެސް ނެތްކަމަށް ރާއީ ވިދާޅުވިއެވެ.

މިސަރުކާރަކީ ލަސް ސަރުކާރެއް ކަމަށާއި ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ދަނީ ފިނިހަކަ ސްޕީޑުގައިކަމަށް އިދިކޮޅު މެމްބަރުން އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ތަރައްގީގެ އެއްވެސް މެގަ ޕްރޮޖެކްޓެއް ސަރުކާރުން ނުހިންގާ ކަމަށާއި ސަރުކާރުގެ މަސައްކަތްތަކުގެ އެއްވެސް ޕްލޭނެއް ނެތްކަމަށްވެސް އިދިކޮޅު މެމްބަރުން އަންނަނީ ވިދާޅުވަމުންނެވެ. ސަރުކާރަށް ނިސްބަތްވާ މެމްބަރުންވެސް އަންނަނީ ބައެއް ވުޒާރާތަކުގެ މަސައްކަތްތައް ވަރަށް ލަސްކަން ފާހަަހަގަކުރައްވާ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކަލޯ ސިޔާމޫ ކަލޭމެންގެ ވެރިކަމުގަ ޔާމީނަށް މެޑަމް އަށް ތިއްތި ދައްކަން ކޮއްފަ ނުކުރަނީ ކީއް؟ ދައުލަތް އެއްކޮން ޖީބަށް ކަހާލި ވަގުން މާކަ ރީތި ވާނެ އެ ފައިސާތައް ރައްޔިތުންނަށް ދެއްކިއްޔާ. ސަރުކާރުގެ މުއައްސަސާ ތަކުގަ ތިބި މީހަކަށް ވެއްޖާ ވަޒީފާގެ ބިރުދައްކައިގެން ދެއްކި ތިއްތި ގޮވީ އަތަށްދޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: