ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކިންގ އިމާރާތުގެ މަސައްކަތަށް ސަރުކާރުން ހުރަސް ނާޅާނެކަމަށް އުންމީދު ކުރަން: މޭޔަރު

މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު / ސަން އޮންލައިން އިންޓަރނޭޝަނަލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ ފަސް ސަރަހައްދެއްގައި ޕާކިން ޒޯންތައް އިމާރާތް ކުރުމަށް އިންވެސްޓަރުން ހޯދަމުންދާކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުން މި މަސައްކަތަށް ހުރަސްނާޅާނެކަމަށް އުންމީދު ކުރާކަމަށެވެ. މޭޔަރު ވިދާޅުވީ ދިމާވެފައިވާ ޕާކިންގެ މައްސަލަތަކަށް ހައްލެއް ނުގެނެވެނީ، މަގުތައް ގުޅިފައިވާ ގޮތުންނާއި އެކަށީގެންވާ ޖާގަ ނެތުމުންކަމަށެވެ. މާލޭގައި ޕާކިން އިމާރާތް ތަކެއް އެޅުމަށް ބޮޑު ހަރަދުތަކެއް ހިނގާނެކަމާއި، ވޭތުވެދިޔަ 8 މަސް ދުވަހު މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ހުސް ބިންތަކުގައި މަސައްކަތްކޮށް އިންވެސްޓަރުން  ހުޅުވާލުމަށް ކައުންސިލުން މިހާރު ވަނީ ފާސްކޮށްފައި ކަމަށް މޭޔަރު ވިދާޅުވިއެވެ.

ޕާކިން އިމާރާތްތަކެއް އެޅެންދެން ވެސް ޕާކިންގެ މައްސަލައަށް ހައްލުތަކެއް ބޭނުންވާތީ އެކަމަށް މަސައްކަތް ކުރެވެމުންކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެކަމަށް ކައުންސިލުން އުސޫލެއް އެކުލަވައިލައި ކުލި ދީގެން ޕާކުކުރެވޭގޮތަށް އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މާލޭގައި ސިޓީ ކައުންސިލުން ތަރައްޤީ ކޮށްފައިވާ 211 ޕާކިންގ ސްލޮޓަށް އަލުން ކުރިމަތިލާން ހުޅުވާލުމަށް ސިޓީ ކައުންސިލުން މިހާރު ވަނީ ނިންމާފައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެންގުމާ އެއްގޮތަށް ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޕާކިންގ ސްލޮޓުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އެކަމަށް ޤާއިމުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވޭނެ ކަމަށެވެ.

މި ސްލޮޓުތަކުގެ ތެރޭގައި ޕްރައިވެޓް ކާރުތަކާއި، މާލޭގައި ދުއްވާ ޓެކްސީތައް އަދި 3.5 ޓަނުގެ ޕިކަޕްތަކަށް ހާއްސަ ސްލޮޓުތައް ހިމެނެއެވެ. ކުއްޔަށް ދޫކުރާ 211 ސްލޮޓުގެ ތެރެއިން 25 ޕަސަންޓު ސްލޮޓު ޚާއްޞަކޮށްފައިވަނީ މާލޭގައި ދުއްވާ ޓެކްސީތަކަށެވެ. ޕާކިންގ ސްލޮޓުތަކުގައި ޕްރައިވެޓް ކާރެއް ޕާކު ކުރުމަށް ކަނޑައަޅާފައިވަނީ 1،500 ރުފިޔާގެ މަހު ފީއެކެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މިވަގުތަށް މި ޢަދަދު ވަނީ 1،000 ރުފިޔާއަށް ކުޑަކޮށްދީފައެވެ. ޓެކްސީތަކަށް ޖާގަ ދޫކުރަނީ މަހަކު 750 ރުފިޔާގެ މަގުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: